ނިކަން ވިސްނަބަލަ! ދަރިންނަށްޓަކާ ޝައިޠޯނަކަށްވާން ބޭނުންވާނީ ކޮން ބެލެނިވެރިއެއް؟ އެކަމަކު ދަރިންނަށް ނުބައި ނަމޫނާ ދެއްކޭނަމަ އެވެވެނީ ދަރިންގެ ޝައިޠޯނުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ނިކަން ވިސްނަބަލަ! ދަރިންނަށްޓަކާ ޝައިޠޯނަކަށްވާން ބޭނުންވާނީ ކޮން ބެލެނިވެރިއެއް؟ އެކަމަކު ދަރިންނަށް ނުބައި ނަމޫނާ ދެއްކޭނަމަ އެވެވެނީ ދަރިންގެ ޝައިޠޯނުންނަށް!

އެންމެ ފަޤީރުމީހާވެސް އަދި އެންމެ ތަނަވަސް މީހާވެސް، ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހާގެ ދަރިން ވީހައި ހެޔޮލަފާ ރަނގަޅު މީހަކާއި ކައިވެިކުރުވައި ދަރިފުޅަށް އުފާވެރި ޒަވާޖީ ޙަޔާތެއް ހޯދައި ދިނުމަށެވެ. އެކަން އެދޭނަމަ ފުރަތަމަވެސް މައިންބަފައިންނަކީ ހެޔޮލަފާ ކަމުގައި ނަމޫނާބައަކަށްވާށެވެ! 

އެކަމުގެ އެންމެ ބޮޑު އެއް ފައިދާއަކީ މައިންބަފައިންގެ ކިބައިން އެ ރަނގަޅު ސިފަތައް ދަރިންގެ ކިބައިގައި އަށަގަތުމެވެ. އެއިރުން އެމީހުންގެ ޙަޔާތަށް އަންނަ މީހުންނަށް އުފާވެރިކަން ލިބި ހިތްހަމަޖެހުން އިތުރުވާނެއެވެ. ދަރިފުޅަށް ލިބޭ ބައިވެރިޔާއަށް ހިތްހަމަޖެހުން ލިބޭނަމަ ކައިވެނި ދަހަމަހައްޓަން ބޭނުންވާނެއެވެ. 

މައިންބަފައިންނަކީ ހެޔޮލަފާބައަކަށްނުވެ އަރާރުންވުމާއި ތަޅާފޮޅުމާއި ދުލުން ނުބައިބަސްބުނާ އަދި އެކަކު އަނެކަކަށް ހެޔޮކޮށް ނުހިތާ ބައަކަށް ވެއްޖެ ނަމަ ދަރިންނަށްވެސް ދަސްވާނީ ހަމަ އެސިފަތަކެވެ. އަމަލުކުރަން ދަސްވާނީ ހަމަ އެ ނުބައި ގޮތަށެވެ. ނަތީޖާއަކަށްވާނީ ކިތަންމެ ހެޔޮލަފާ، ރަނގަޅު ބައިވެރިއަކު ލިބުނު ނަމަވެސް އެކުގައި ދިރިނުއުޅެވިގެން ދެމީހުން ވަކިވާންޖެހުމެވެ. 

ވީމާ ހިތާމަކުރަންވީ އެޙާލަތަކު ނޫނެވެ. މިއަދުއެވެ. ދަރިން ތަރުބިއްޔަތުކުރަންވީ އެކަންކަމަށް ވިސްނައިގެންނެވެ. އެކުދިންގެ މުސްތަޤްބަލަށްޓަކައި ކޮށްދެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަކީވެސް ހަމަ އެއީއެވެ.   

ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. "ތިބާގެ އަންހެން ދަރިންނަށް ހެޔޮލަފާ ފިރިއަކު ލިބުމަށް އެދޭ ފަދައިން ތިބާގެ އަނބިމީހާއަށް އެފަދަ ފިރިއަކު ކަމުގައި އަދި ފިރިމީހާއަށް އެފަދަ އަންތބަކު ކަމުގައި ތިބާ ވާށެވެ! އަދި ދަރިންނަށް ރަނގަޅު ނަމޫނާ ނުދެއްކޭނަމަ އެބައަކު ވާނީ ދަރިންނަށްޓަކައި ޝައިޠޯނުންނަށެވެ. މައިންބަފައިންގެ ކިބައިން ފެންނަ ކަންކަން ދަސްކޮށް ދަރިން ޢަމަލުކުރާނެތީއެވެ." މިއީ ވަރަށް އަގުހުރި ނަޞޭޙަތުގެ ބަސްކޮޅެކެވެ.

 

- އސްލާމީ ތިލަފަތުގެ ދަރުސްކުން

 

މިއަދު އޮންލައިން