ބައެއް މީހުން އެމީހުންގެ އެކުވެރިން އަބަދު ޗުއްޓީތަކުގައި ދަތުރުތައް ކުރާތީ އާއި ތަނަވަސްކަމާއިއެކު ޚަރަދުތައް ކުރަމުން ދުނިޔޭގައި އުޅޭތީ އެގޮތަށް އުޅެން ބޭނުންވެއެވެ. ނުއުޅެވޭތީ ޝަކުވާތައްވެސް ކުރެއެވެ.
އެގޮތުން ޝަކުވާކުރި މީހެއްގެ ގާތުގައި ސުވާލުކުރުމުން އެނގުނީ އެގޮތަށް އުޅެނީ އޭނާގެ އެކުވެރިންގެ ތެރެއިން 30 އަހަރުވީއިރުވެސް ކައިވެނިނުކޮށް ތިބި ޒުވާނުން ކަމެވެ. އަދި އޭނާއަށް އެގޮތަށް ނުއުޅެވެނީ އަނބިދަރިންނަށް ޚަރަދުކުރަންޖެހޭތީ ކަމެވެ.
ޖަވާބުގައި އަހުރެން ބުނީމެވެ. "އެމީހުން އެހެން އެއުޅެނީ އެމީހުންގެ ކިބައިގައި ތަނަވަސްކަން ހުރިނަމަވެސް އެންމެ ބޮޑު އުފަލުން މަޙްރޫމްވެގެން ތިބޭތީއެވެ. އެއީ އަނބިދަރިންގެ ކިބައިން ލިބެންޖެހޭ ހިތްހަމަޖެހުމެވެ. އޭނާ ދަތުރުތައްކޮށް އެގޮތަށ އެއުޅެނީ އެކަމުން ހިތްހަމޖަޖެހުން ހޯދުމަށެވެ. އެއީ ހަމަ ވަޤުތީ ހިތްހަމަޖެހުމެކެވެ.
ނަމަވެސް ތިބާއަކީ 30 އަހަރުވީއިރު ކައިވެނިކޮށް 3 ދަރިން ލިބިފައިވާ މީހަކީމެވެ. ނިކަން ތިއަ މީހުން ތިބާގެ ގެއަށް ގެންދެބަލާށެވެ! އެމީހުން ގޮވައިގެން ގެއަށް ގޮސްބަލާށެވެ! އަނބިދަރިންނަށް ތިބާ ފެނުމުން ލިބޭ އުފާވެރިކަމާއި ތިބާއަށް ދޭ ލޯބި ދައްކައިލަބަލާށެވެ! އެއީ ވިސްނުމެއް ހުރިނަމަ އެނިޢުމަތް އެމީހުންނަށް ނުލިބޭތީ ކަރުނައަޅާނެއެވެ.
ދެވަނަ ކަމަކީ ބުރަ މަސައްކަތްކޮށްގެން އެމީހުން އެމީހުން ހޯދާ ފައިސާ އެމީހުން އެކުރަނީ އިޝްރާފެވެ. ތިއަބުނާ އެއްވެސް ކަމެއް ކުރުމަކުން އެމީހުންނަށް ލިބޭނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ. ނަމަވެސް ތިބާ އަނބިދަރިންނަށް ތިއަކުރާ ހޭދައިން ދެދުނިޔޭގައި ތިބާއަށް ފައިދާކުރާނެއެވެ."
އަހުރެންގެ ނަޞޭޙަތަކީ އަނތބަކު ބެލެހެއްޓުމުގެ ކުޅަދާނަކަން ލިބިއްޖެނަމަ ވީހާޢަވަހަކަށް ކައިވެނިކޮށް އަނބިދަރިންގެ ކިބައިން އުފާވެރިކަން ހޯދަން މަސައްކަތްކުރުމެވެ. އަދި އެކަމަށް ކުރާ އިންވެސްޓްމަންޓަކީ އެންމެ ފައިދާހުރި އިންވެސްޓްމަންޓެވެ. އެއިންވެސްޓްމަންޓުގެ ފައިދާކުރާނީ ހަމައެކަނި ދުނިޔެއަކު ނޫނެވެ. ދުނިޔެއާއި އާޚިރަތުގައިވެސް ކުރާނެއެވެ. އިން ޝާ ﷲ
- ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން