އިންވެސްޓްމަންޓް މަޝްރޫޢުތައް އިތުރުކުރުމާ ބެހޭގޮތުން ސަޢޫދީގެ ގެދޮރުވެރިކަމާއި ބެހޭ މިނިސްޓަރާއި ޑރ. މުއްޠަލިބް މަޝްވަރާކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
އިންވެސްޓްމަންޓް މަޝްރޫޢުތައް އިތުރުކުރުމާ ބެހޭގޮތުން ސަޢޫދީގެ ގެދޮރުވެރިކަމާއި ބެހޭ މިނިސްޓަރާއި ޑރ. މުއްޠަލިބް މަޝްވަރާކުރައްވައިފި

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް، ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ބޭއްވުނު ހަތަރުވަނަ ރިއަލް އެސްޓޭޓް ފިއުޗަރ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައި، އެ ޤައުމުގެ މުނިސިޕަލިޓީސް އެންޑް ހައުސިންގ މިނިސްޓަރ މާޖިދު ބިން ޢަބްދުﷲ އަލް-ހުގައިލްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި ކުރިއަށް އޮތް ތަނުގައި ތަރައްޤީއާއި ކުރިއެރުމަށް އިންވެސްޓްމަންޓް މަޝްރޫޢުތައް އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، މިނިސްޓަރ ޑރ. މުއްޠަލިބް ވަނީ "ނިއު ފްރޮންޓިއަރސް: ބެލެންސް އެންޑް އިނޮވޭޝަން އިން ދަ ރިއަލް އެސްޓޭޓް ލޭންޑްސްކޭޕް" މައުޟޫޢުގައި ބޭއްވުނު ޕެނަލް ޑިސްކަޝަންގައި މުހިންމު ވާހަކަފުޅު ތަކެއް ދެއްކެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާފައެވެ. މި ފޯރަމަކީ ރިއަލް އެސްޓޭޓް ދާއިރާގެ މުސްތަޤުބަލާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. މިނިސްޓަރ ޑރ. މުއްޠަލިބްގެ މި ދަތުރުފުޅުން ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ރިއަލް އެސްޓޭޓް އަދި ހައުސިންގ ދާއިރާގައި އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން