މާލެ ސަރަޙައްދުގެ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށް އަންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
މާލެ ސަރަޙައްދުގެ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށް އަންގައިފި

ގްރޭޓަރ މާލެ ސަރަޙައްދުގައި މަސައްކަތްކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަޒީފާދޭ ފަރާތްތަކަށް އަންގައިފިއެވެ.

މި އެންގުމުގައި މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅުގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތާއި، ފިންގަރޕްރިންޓް އަދި ފޮޓޯ އަޕްޑޭޓްކުރުމަށް އަންގާފައިވާއިރު، މާރިޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން މި މަޢުލޫމާތުތައް އަދާހަމަކުރުމަކީ ވަޒީފާދޭ ފަރާތްތަކުގެ ޒިންމާއެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.

ވުޒާރާއިން އިންޒާރު ދެމުން ބުނެފައިވަނީ، ކަނޑައެޅިފައިވާ މުއްދަތުގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީން، އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލާނެ ކަމަށެވެ.

މި މަސައްކަތް ވިލަރެސްކޮށް ކޯޑިނޭޓްކުރަމުން ދަނީ އެންސީއައިޓީގައި އޮޕަރޭޝަން ކުރަނގީއަށް ޚާއްސަކޮށް ޤާއިމުކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުންނެވެ. މި ސެންޓަރުގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ރޭގަނޑު 22:00 އަށް ލިބެން ހުންނާނެއެވެ.

މިހާތަނަށް މާލެ ސަރަޙައްދުގައި މަސައްކަތްކުރާ ބިދޭސީ މުދައްރިސުންނާއި، ބްރިޖްގެ މަސައްކަތްކުރާ އެފްކޮން ސައިޓްގައި މަސައްކަތްކުރާ 1,400 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ނަގައި ނިމިފައިވާ ކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން