މިއަހަރުވެސް ޖަމްޢިއްޔާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭންވަނީ ނިންމާފަ: ވުޒާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
މިއަހަރުވެސް ޖަމްޢިއްޔާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭންވަނީ ނިންމާފަ: ވުޒާރާ

ޖަމްޢިއްޔާތައް މާލީގޮތުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރުވެސް ޖަމްޢިއްޔާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ނިންމާފައިވާކަމަށް ޒުވާނުން ބާރުވެރިކުރުމާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މިކަމާގުޅިގެން ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ޖަމްޢިއްޔާތަކުގެ ރަޖިސްޓްރަރ އަލީ ޝަކީލް ވިދާޅުވިގޮތުގައި، މިއަހަރުގެ ގްރާންޓަށް އެދުމުގެ ފުރުސަތު މިމަހުގެ ތެރޭގައި ހުޅުވާލެވޭނެއެވެ. އަދި ގްރާންޓް ދޫކުރެވޭނީ އެ ވުޒާރާގައި ރަޖިސްޓްރީކޮށްފައިވާ ހަރަކާތްތެރި މަދަނީ ޖަމްޢިއްޔާތަކަށެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ، "އަޅުގަނޑުމެންވެސް ބޭނުންވޭ ރާއްޖޭގެ ގިނަ ޖަމްޢިއްޔާތަކުން ގިނަ ކަންތައްތަކެއް ކުރަން. ގްރާންޓް ދިނުމުގައި ވަރަށް ވިސްނުން ހުރޭ މެންޑޭޓާ ގުޅޭ ގިނަ ކަންތައްތަކަކަށް އިސްކަންދޭން" ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މިދިޔަ އަހަރު ވަނީ 15 ޖަމްޢިއްޔާއަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މިއަހަރުގެ ގްރާންޓް އުސޫލަށް ބައެއް ބަދަލުތައް އަތުވެދާނެކަމަށް ޝަކީލް ވަނީ ފާހަގަކުރައްވާފައެވެ.

ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުވުމަށް ހިންގާ އެކިއެކި މަޝްރޫޢުތަކަށް ކަމަށާއި، މި ފައިސާ ދޫކުރެވޭނީ ތިން މަރުހަލާއަކަށް ބަހާލައިގެންކަން ވެސް ވަނީ އެނގިފައެވެ.

މިއަދު އޮންލައިން