ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސިއްހީ ވަޒީރު ޖެނީވާއަށް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސިއްހީ ވަޒީރު ޖެނީވާއަށް

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރެއްވުމަށް ސިއްހީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ސްވިޒަލޭންޑުގެ ޖެނީވާއަށް ވަނީ ފުރާވަޑައިގެންފައެވެ.

މި ބައްދަލުވުމަކީ ދުނިޔޭގެ 34 ޤައުމަކުން ޞިއްޙީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ، ބައިނަލްއަޤްވާމީ މުހިންމު ނިންމުންތަކެއް ނިންމާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެންމެ މަތީ ފަންތީގެ ބައްދަލުވުމެކެވެ. މި ބައްދަލުވުން ކުރިއަށްދާނީ މި މަހުގެ 3 އިން 11 އަށް ސްވިޒަލޭންޑުގެ ޖެނީވާގައެވެ.

2022 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 3 އަހަރުގެ މުއްދަތަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކްޓިވް ބޯޑުގައި، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ބައިވެރިވަމުން ގެންދާއިރު، މި ފަހަރުގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ވައިސް ޗެއަރގެ މަޤާމު އަދާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި، މިދިޔަ އަހަރުގެ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 6 ސަރަޙައްދުގައި ބޭއްވުނު ރީޖަނަލް ކޮމިޓީ ބައްދަލުވުންތަކުގެ ނިންމުންތަކާއި، ޕްރޮގްރާމް، ބަޖެޓް އަދި އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، 78 ވަނަ ވާލްޑް ހެލްތު އެސެމްބްލީގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ އެޖެންޑާތަކުގެ ތެރޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ކާރިސާތަކުން ރައްކާތެރިވުމާއި، ޔުނިވަރސަލް ހެލްތު ކަވަރޭޖް، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކަނޑައަޅާފައިވާ މުހިންމު ކަންތައްތައް ހިމެނެއެވެ.

މިއަދު އޮންލައިން