އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެއްވެސް ސަރޖަރީއެއް މިވަގުތު ހުއްޓާލާފައި ނުވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗްގެ ސަރޖަރީތައް ހުއްޓާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން އެހޮސްޕިޓަލުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހޮސްޕިޓަލުގެ އެއްވެސް ސަރޖަރީއެއް ހުއްޓާލާފައި ނުވާ ކަމަށާއި، މިފަދަ ދޮގު މަޢުލޫމާތު ފެތުރުމަކީ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމުގައެވެ.
"އާއްމު ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް، މިފަދަ ހަޤީޤަތާ ޚިލާފު މަޢުލޫމާތު ސޯޝަލް މީޑިއާގައި ފަތުރަމުންދާތީ، މިކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ޒިންމާދާރުކަމާ އެކު މަޢުލޫމާތު ފެތުރުމަށް ނަޞޭޙަތްތެރިވަމެވެ،" މިހެންނެވެ.
އައިޖީއެމްއެޗްއިން އިތުރަށް ފާހަގަކޮށްފައިވަނީ ހޮސްޕިޓަލުގެ އެންމެހައި ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި މަޢުލޫމާތު ފަތުރާއިރު ޒިންމާދާރު ވުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.
މި ބަޔާނުން އެނގިގެންދަނީ އައިޖީއެމްއެޗްގެ ސަރޖަރީތަކާއި އެހެނިހެން ޚިދުމަތްތައް އާންމު އުސޫލުން ކުރިއަށްދާކަމާއި، ސޯޝަލް މީޑިއާގައި ފެތުރޭ މަޢުލޫމާތުތަކަކީ ހަގީގަތާ ޚިލާފު މަޢުލޫމާތުތަކެއްކަމެވެ.