ބޮޑެތި ޑިސްކައުންޓްތަކާއެކު އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިންގެ "ރޯދަ ސޭލް" ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ބޮޑެތި ޑިސްކައުންޓްތަކާއެކު އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިންގެ "ރޯދަ ސޭލް" ފަށައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ކޮންމެ އަހަރަކު ރޯދަމަހަށް ޚާއްސަކޮށްގެން ބާއްވާ "ރޯދަ ސޭލް" ޕްރޮމޯޝަން މިއަހަރުވެސް ބޮޑެތި ޑިސްކައުންޓްތަކާއި ޚާއްސަ އޮފަރތަކާއެކު ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 2 ފެބްރުއަރީން ފެށިގެން 31 މާޗުގެ ނިޔަލަށެވެ.

މިއަހަރުގެ ރޯދަ ސޭލް ރަސްމީކޮށް ފައްޓަވައިދެއްވީ ޑިރެކްޓަރ އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް އަލްފާޟިލް މުޙައްމަދު އީމާން އަދި ވެލިގާ ހާޑްވެއަރގެ ޑިރެކްޓަރ އަލްފާޟިލް ޒައިދު މުޙައްމަދެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ.

މި ސޭލްގައި 'ނިޕޯން ޕެއިންޓް' އަދި 'މަކިޓާ' ބްރޭންޑްގެ ޕްރޮޑަކްޓްތަކުން ޚާއްސަ ޑިސްކައުންޓްތަކެއް ލިބޭނެއެވެ. މިގޮތުން ނިޕޯން ޕެއިންޓުން 20 ޕަސެންޓް އަދި މަކިޓާގެ ޕްރޮޑަކްޓްތަކުން 50 ޕަސެންޓުގެ ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި މިއަހަރުގެ ބޮޑު އިނާމުގެ ގޮތުގައި ދެލައްކަ ރުފިޔާގެ އަގުހުރި މުދާ އެއް ނަސީބުވެރިއަކަށް ލިބިގެންދާނެއެވެ.

މިއަހަރުގެ ޚާއްސަ ކަމެއްގެ ގޮތުގައި އެސްޓީއޯއިން ފާހަގަކުރައްވަނީ ވެލިގާ ހާޑްވެއަރ ފަދަ ޕާޓްނަރެއް ނިޕޯން ޕެއިންޓްގައި ބައިވެރިވުމެވެ. އެހެންކަމުން މި ސޭލް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓްތަކުގެ އިތުރުން ވެލިގާ ހާޑްވެއަރގެ އައުޓްލެޓްތަކުގައިވެސް ކުރިއަށްދާނެއެވެ.

މީގެއިތުރުން އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކުގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެކަމަށް ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއް ކުންފުނިން މަޢުލޫމާތު ދެއެވެ.

މިއަދު އޮންލައިން