ﷲ ތަޢާލާގެ އެއްވެސް ސިފަފުޅަށް އެއްވެސް މިންވަރަކަށް ޝައްކުކުރުމަކީ ނަރަކައަށް ވަންނަންޖެހިދާނެ ސަބަބެއް!: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ﷲ ތަޢާލާގެ އެއްވެސް ސިފަފުޅަށް އެއްވެސް މިންވަރަކަށް ޝައްކުކުރުމަކީ ނަރަކައަށް ވަންނަންޖެހިދާނެ ސަބަބެއް!: ޝައިޚް ޢާޞިމް އަލްޙަކީމް

"އިސްލާމް ދީން އެމީހަކާއި ހަމައަށް ނުފޯރާ މީހަކަށް، އޭނާއަކީ ކާފިރަކަށްވީތީ ޤިޔާމަތް ދުވަހު  ޢަޛާބް ދެއްވަވާނެތޯ؟" ކުރެވުނު ސުވާލެއްގެ ޖަވާބުގައި ޝައިޚް ޢާޞިމް އަލް ހަކީމް އޭނާ އާއި ކުރެއްވީ ސުވާލެކެވެ. "އެއްވެސް މީހަކާއިމެދު ބޭއިންޞާފުން ﷲ ތަޢާލާ އެއްވެސް ކަމެއް ކުރައްވަވައިފާނެ ކަމަށް ޤަބޫލުކުރަންތޯ؟" އެވެ.  

ޖަވާބުގައި އޭނާއަށް ބުނެވުނީ "ނުކުރައްވަވާނެ ކަމަށް އުންމީދުކުރަން" ކަމަށެވެ. އެޖަވާބަށް ޝައިޚް ވިދާޅުވީ ތިއައީ ބައެއް މުސްލިމުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަކަމަށެވެ. ﷲ ތަޢާލާ އެއްވެސް މީހަކާއިމެދު ބޭއިންޞާފުން ޛައްރެއްގެ މިންވަރުގެ ކަމެއްވެސް ނުކުރައްވަވާނެ، އެންމެ ޢަދުލުވެރި ރަސްކަލާނގެކަން ﷲ ތަޢާލާގެ ނަންފުޅުތަކުން (އޮނަސައްތައިސްމުފުލުގައިވާ) އެނގެން އެބައޮތެވެ. އެކަން ޤުރްއާނުން އެނގެން އެބައޮތެވެ.  

ތިއަ ކުރެވުނު ކަމަކީ އެކަން ޤަބޫލުނުކޮށް ނުވަތަ ޔަޤީންނުކުރެވި ޝައްކުކުރުމެވެ. އެއިރުން އެމީހަކު ވެއްޓިގެން އެދަނީ އެންމެ ނުރައްކައުތެރި ގޮޅިއަށެވެ. ވިސްނާށެވެ! ކައްވަޅުގައި ކުރެވޭ 3 ސުވާލުގެ ޖަވާބު އެނގުނަސް ޔަޤިންކަމެއް ނެތި "ޢާނ! އޫނ! މީހުން ކިޔާ" ފަދަ ޢިބާރާތަކުން ޖަވާބުދެވޭނެ ބައަކު ތިބޭނެއެވެ. އެހިސާބުން އެއޮތީ އެމީހުންނަށް ވަންނަން ޖެހޭނީ ނަރަކައަށްކަން އެނގިފައެވެ.  

އެހެންވީމާ ﷲ ތަޢަލާގެ އެއްވެސް ސިފަފުޅަކަށް އެއްވެސް މިންވަރަކަށް ޝައްކުކޮށްގެންނުވާނެއެވެ. އޮތީ ޔަޤީންކުރުމެވެ.  

އޭނާ ކުރި ސުވާލުގެ ޖަވާބުގައި ވިދާޅުވީ ﷲ ތަޢާލާއީ ރަހްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. މައިމީހާއަށްވުރެ އެތައް ގުނައެއް އިތުރަށް މީސްތަކުން ދެކެ ލޯބިވެވޮޑިގެންވާ ރަސްކަލާނގެއެވެ. ވީމާ އެމީހަކާއި ހަމައަށް އިސްލާމް ދީން ނުފޯރާ މީހަކަށް ޢަޛާބް ނުދެއްވަވާނެ ކަމަށެވެ.  

މިއަދު އޮންލައިން