ތިމާގެ ހިތް ނޭދޭ ގޮތަކަށް އަނބިންނަށް ކަމެއް ކުރެވުނަސް އެއްޗެތި ނުގޮވައި އިޞްލާޙްކުރަން ހިތްވަރު ލިބޭނެ ބަސް ބުނުމަކީވެސް އަޅުކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ތިމާގެ ހިތް ނޭދޭ ގޮތަކަށް އަނބިންނަށް ކަމެއް ކުރެވުނަސް އެއްޗެތި ނުގޮވައި އިޞްލާޙްކުރަން ހިތްވަރު ލިބޭނެ ބަސް ބުނުމަކީވެސް އަޅުކަމެއް!

އިންސާނުން ކަމަށްވާތީ އެކި މީހުންގެ ވިސްނުން ތަފާތުިވާނެއެވެ. ކަންކަމުގައި ވިސްނޭ ގޮތާއި ވިސްނޭ މިންވަރުވެސް ތަފާތުވާނެއެވެ. ވީމާ އަނބިންނަށްވެސް ބައެއް ފަހަރު ތިމާގެ ހިތް ނުއެދޭ ގޮތަށް ކަމެއް ކުރެވިދާނެއެވެ.  

އެފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް ރުޅިއައިސް އެއްޗެތި ނުގޮވާށެވެ! އެކަމެއް ކުރަން ތިބާ ބޭނުންވާ ގޮތް އަންގައިދޭށެވެ. އަދި ކުރެވުނު ކަންތައް ތަކުރާރުނުކުރަން ނަޞީޙަތްދޭށެވެ. އަދި ފަހަރެއްގައި ހަނދާން ނެތިގެން ކުށް ތަކުރާރުކުރެވުނަސްވެސް އޯގާތެރިކަމާއިއެކު ނަބީޙަތްދޭށެވެ.  

އެކަން ޤަބޫލުނުކޮށް ވަރިކޮށްލައި އެހެން ކައިވެންޏެއް ކުރިނަމަވެސް ހަމަ އެކަންކަން ކުރިމަތިވާނެއެވެ. އެއްވެސް މީހަކީ ހުރިހާ ކަމަކުން އެންމެ ފުރިހަމަ މީހަކަށް ނުވާނެތީއެވެ. އަދި ހިތާމައާއިއެކުވެސް ބުނަން ޖެހެނީ މިބުނި މަގުން ކަންތައް ނުކޮށް އަނބިން ބަދަލުކުރާ މީހުންނަށް ކުރަންޖެހޭ ހިތާމަ ގިނަ ފަހަރު އޮންނަނީ މާބޮޑުވެފައެވެ.  

އަހުރެންގެ އެކުވެރިއަކަށް ދިމާވި ކަމެއް ބުނެލާނަމެވެ. އޮންލައިންކޮށް އެއްޗެއް ގަންނަން ކުރި މުޢާމަލާތެއްގައި 100 ޑޮލަރު އިތުރަށް އަގުދެއްކިގެން އައި ރުޅީގައި އަނބިމީހާ ވަރިކޮށްލީއެވެ. އެހައި ފަރުވާކުޑަ އަންހެނަކާއި އިނދެގެން ނުއުޅެވޭނެކަމަށް ބުނެފައެވެ. އެ 100 ޑޮލަރު އަނބުރާ ހޯދޭނެކަން އެނގޭއިރުވެސްމެއެވެ.  

ދެވަނައަށް ކުރި ކައިވެނީގައި ކަންތައްވީގޮތް އެނގޭހެއްޔެވެ؟ އެކައުންޓުގައި ހުރި ހުރިހާ ވަގަށް ނަގައިގެން ފިލީއެވެ. އެހެންވެ އެންމެ ޑޮލަރެއްވެސް އަނބުރާ ލިބޭނެ ގޮތެއްވެސް ނުވިއެވެ.  

ތިމާގެ ހިތް ނޭދޭ ގޮތަކަށް އަނބިންނަށް ކަމެއް ކުރެވުނަސް އެއްޗެތި ނުގޮވައި އިޞްލާޙްކުރަން ހިތްވަރު ލިބޭނެ ބަސް ބުނުމަކީވެސް އަޅުކަމެކެވެ! އެކަކު އަނެކަކަށް މާފުކުރުމުގައި ދީލަތިވި ވަރަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން