ހަކުރުބަލީގެ "ޓައިޕް 1 ޑައިބެޓިސް" ޖެހުމަކީ ބޮޑުތަނުން ޢުމުރު ކުރުވާ ކަމެއް! ކުއްލިއަކަށް ޙާލަތު ނުރައްކާވޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހަކުރުބަލީގެ "ޓައިޕް 1 ޑައިބެޓިސް" ޖެހުމަކީ ބޮޑުތަނުން ޢުމުރު ކުރުވާ ކަމެއް! ކުއްލިއަކަށް ޙާލަތު ނުރައްކާވޭ!

ދިރާސާތަކުން ދައްކާ ގޮތުގައި ހަކުރުބަލީގެ "ޓައިޕް 1 ޑައިބެޓިސް" ޖެހުމަކީ ޢުމުރު ކުރުވާ ކަމެކެވެ. އެގޮތުން 10 ، 12 އަހަރު ކުރުވާ ކަމަށްވެސް ބެލެވެއެވެ.

މިފަދަ ބަޔާންތައް ނެރުނު ނަމަވެސް ވިސްނަން އޮތް ކަމަކީ މަރުވާނީ ޢުމުރު ހަމަވުމުން ނަމަވެސް ފުރާނައަށް ނުރައްކާވާ މިފަދަ ބަލިތަކަށް ފަރުވާކުރުމަށް ސަމާލުކަންދޭންޖެހޭނެ ކަމެވެ. 

ކޮންމެއަކަސް ބޭސްފަރުވާއަށް ސަމާލުކަންދީ ކަސްރަތުކޮށް ހަދާނަމަ މަރުވާ ނިޞްބަތް 25 އިންސައްތަ މަދުވާކަމަށްވެސް ފަހުގެ ދިރާސާތަކުން ދައްކައެވެ. 

ޓައިޕް1 ގައި އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ލޭގެ ޕްރެޝަރަށް އަންނަ ބަދަލެވެ. ބައެއް މީހުންގެ އިންތިހާއަށް މަތިވެގެންދެއެވެ. އަނެއް ބައި ފަހަރު އިންތިހާއަށް ދަށްވެގެންދެއެވެ. އަދި އެންމެ ބޮޑު މައްސަލައަކަށްވެގެންދާ އެއްކަމަކީ ކުއްލިއަކަށް ޙާލަތު ނުރައްކާވާ ކަމެވެ. 

އެމެރިކާއަށް ބަލައިފިނަމަ ހަކުރުބަލީގެ ގިނަ ބައަކު ކުއްލިއަކަށް މެދުވެރިވާ އެންމެ ބޮޑު ސަބަބު ކަމަށް ތަޖުރިބާކާރުން ލަފާކުރަނީ ހިތުގެ ނާރުތަކަށް ކުރިމަތިވާ މައްސަލަތަކެވެ. އަދި ކިޑްނީ އާއި އެތެރެހަށީގެ ގުނަވަންތަކަށް ލިބޭ ގެއްލުން ބޮޑުކަމެވެ.

- މަޢުލޫމާތު: ޞިއްޙީ ޚަބަރު 

ރާއްޖޭގައިވެސް ހަކުރުބަލި މިވަނީ ޢާންމު ބައްޔަކަށްވެފައެވެ. އެހެންކަމާއިއެކުވެސް ގިނަ ބައަކަސް ބަލީގެ ނުރައްކާތެރިކަމާއިމެދު ވިސްނައެއް ނުލެވެއެވެ. ކަސްރަތު ނުކުރެވޭ ތަނުގައި ފޮނިކާއެއްޗެތި ކެއުންވެސް ހުއްޓައެއް ނުލެވެއެވެ. ޢާއިލާއިން ހުރަސްއަޅާނަމަ ބޭރަށް ގޮސް ވަގަށްވެސް ކައިބޮއި ހަދައެވެ. ތިމާގެ ޞިއްހަތަށް ބެލުމަކީ ތިމާ އެކަމަށް ސަމާލުކަން ދިނުމުން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ.

މިއަދު އޮންލައިން