ނަމާދުނުކުރާ މީހުންނަށް ހަމައެކަނި ކައްވަޅުގަ ލިބޭނެ ޢަޛާބް އެނގޭނަމަވެސް ބިރުން ހޭނެތޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ނަމާދުނުކުރާ މީހުންނަށް ހަމައެކަނި ކައްވަޅުގަ ލިބޭނެ ޢަޛާބް އެނގޭނަމަވެސް ބިރުން ހޭނެތޭނެ!

އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން މީހަކު ނަމާދަށް ވަރަށް ފަރުވާކުޑައެވެ. އޭނާއަށް ވިސްނައިދޭން ކުރެވިދާނެ ކަމެއް ބުނެދިބަލަ!  

ނަމާދުނުކުރާ މީހުންނަށް ނުވަތަ ފަރުވާ ކުޑަކުރާ މީހުންނަށް އެތިބެވެނީ ޝައިޠޯނާގެ ކަސްތޮޅުގައެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް ރަނގަޅު ޢިލްމުވެރިއަކު މެދުވެރިކޮށް ޝައިޠޯނާގެ ކަސްތޮޅުން ސަލާމަތްކުރަން މަސައްކަތްކުރާށެވެ!  

ތިރީގައިވާ ލިޔުމުގައިވާ ކަންކަން ވިސްނައިދިނުމަކީވެސް ހިތަށް ބިރުވެރިކަން ވަދެ ނަމާދުކުރަން ފަށައިފާނެ ސަބަބެކެވެ. އިން ޝާ ﷲ  

ދުނިޔޭގައި އެމީހަކު ބޭނުން ގޮތަކަށް އުޅުމުގެ އިޚްތިޔާރު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. އެހެނަސް މަރުވުމާއިއެކު އެމީހަކަށް ދެއްވެވި އިޚްތިޔާރުތަކުގެ ބޭނުން ހިފިގޮތުގެ މައްސަލަތައް ކުރިމަތިވާން ފަށާނެއެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އެކަލާނގެ އަންގަވާފައިވާ ގޮތަށް ނުއުޅުނުނަމަ ކައްވަޅުގެ ޢަޛާބާއި ކުރިމަތިލާންޖެހޭނެއެވެ.  

ކައްވަޅުގައި ނުވަތަ ބަރްޒަޚްގެ ޢާލަމްގައި ހިނގާ ބައެއްކަންކަން ރަސޫލް () ދެއްކެވީ ހުވަފެންފުޅެއްގައެވެ. އެހުވަފެންފުޅުގައި ފެނިވަޑައިގެންނެވި އެއްކަމަކީ ބޮޑު ހިލައަކުން މީހެއްގެ ބޯ ޗިސްޗިސްކުރެވޭތަނެވެ. ކޮންމެ ފަހަރަކު ބޮލުގައި ބޮޑުހިލައަކުން ޖެހުމާއިއެކު ބޯޗިސްޗިސްވެގެންދެއެވެ.  

ހިލަ ފޮރުޅި ދުރަށް ދިއުމުން އަލުން ހިލަ ނަގައިގެންގޮސް ބޮލުގައި ޖަހަންބަލާއިރު ބޯ ހުންނަނީ ކުރިން ގޮތަށް ރުޖޫޢަވެފައެވެ. އަނެއްކާވެސް ޖަހައި ޗިސްޗިސްކޮށްލެވެނީއެވެ. ޤީޔާމަތްވުމާއި ހަމައަށް އޭނާއަށް ދާނީ އެ ޢަޛާބް ލިބެމުންނެވެ.  

އެއީ ކަންނެތްވެ ނަމާދަށް ނުހޭލައި ނިދަން އޮތް މީހާއެވެ! ނިދިން ބޯފުރާލައި ބޯބަރުކޮށްގެން ނިދަން އޮތް މީހާއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ނިދަންވާނީ ނަމާދަށް ހޭލުމުގެ އިޚްލާޞްތެރިނިޔަތާއިއެކުގައެވެ. ހޭލަންކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހުގައެވެ. ހޭލައްވާނެ މީހަކު ހަމަޖެއްސުން، ގަޑި، ފޯނު ފަދައެއްޗެއް ސޯނާކުރުން ފަދަ ކަންކަން ކުރުމަށްފަހުގައެވެ. އަދި ސޯނާވުމުން ކަންނެތްވެ ނިދަން ނުއޮންނާށެވެ! އެކަމުގެ ސަބަބުން ބަރުޒަޚުގެ ޢާލަމުގައިވެސް މިފަދަ ގަދަ ޢަޖާބު ލިބޭނެ މީހަކަށްވެދާނެ ކަމަށް ބިރުވެތިވާށެވެ!  

ނަމާދުވަގުތު ފާއިތުވެގެންދާއިރު ނަމާދުނުކޮށް ނިދަންތިބޭ މީހުން ނިކަން ވިސްނައިލަބަލާށެވެ! ޚާއްޞަކޮށް ފަތިސްނަމާދަށް ނުހޭލާ، ހޭލަން މަސައްކަތްނުކުރާ މީހުން ިސްނައިލަބަލާށެވެ! އެމީހުންގެ ޙާލަކީ ކޮބަިހެއްޔެވެ؟   

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން