ޑޮކްޓަރުން ބުނާގޮތުން އެންމެ ގިނައީ ތަފާތު ވައިރަލް ރޯގާތަކެވެ. އަހުރެންގެ ގާތުން ލަފާހޯދާ މީހުންނަށްބަލާއިރު ސިޙުރާއި އެސްފީނާގެ އުނދަގޫތައް ކުރިމަތިވާ މީހުން މަދެއް ނޫނެވެ. މިއީ ކިތަންމެ ބޮޑު ގޯހެއް ނަމަވެސް ސިޙުރާއި އެސްފީނާ މިވަނީ ޢާންމުވެފައެވެ. ޢާންމުކޮށް އެންމެންނަށް ބޮޑު ވަބާއަކަށް ވެފައެވެ.
އިންސާނުންގެ ޖާހިލުކަން ބޮޑުވެ އަނިޔާވެރިކަން އިތުރުވަމުންދާ ވަރަކަށް ސިހުރުވެރިންގެ ގާތަށް ދިއުމާއި އެމީހުގެ އެހީތެރިކަން ހޯދުމާއި ސިހުރު ހެއްދުވުމުގެ ނުބައި އަމަލުކުރުން މިދަނީ އިތުރުވަމުންނެވެ. އެކަން އެހެންއެވަނީ ސިހުރު ހެދުމަކީ ކަނޑައެޅިގެން ޙަރާމް ކަމެއްކަމާއި އެންމެ ކުޑަމިނުން ސިހުރުވެރިއެއްގެ ގާތަށް ބޭނުމަކު ދިއުމަކީވެސް ޙަރާމް ކަމެއްކަން ނުއެނގޭތީއެއްވެސް ނޫނެވެ. އެނގިތިބެއެވެ.
ޙަސަދަވެރި ޖާހިލު އަނިޔާވެރިން ކުރާ އެބާވަތުގެ ކަންކަން ކުރުން ނުހުއްޓުވިދާނެއެވެ. މާނައަކީ ނުބައި ނުލަފާ މީހުން ސިޙުރުވެރިންގެ ގާތަށް ގޮސް ސިހުރު ހެއްދުވުން ނުހުއްޓުވިދާނެއެވެ. ނަމަވެސް ތިމާއާއި ތިމާ ދިރިއުޅޭ ގެދޮރު ސިޙުރުވެރިން ހަދާސިހުރުންނާއި ސިޙުރުވެރިން ގެންގޫޅޭ ޖިންނި ޝައިޠޯނުންނާއި އެނޫންވެސް ޖންނި ޝައިޠޯނުންގެ ކިބައިން ސަލާމަތްކުރަން މަސައްކަތްކުރެވިދާނެއެވެ!
އެއްވެސް ޝައްކެއް ނެތެވެ. އެކަމަށް އޮތް އެންމެ މުހިންމު ޙައްލަކީ ދިފާޢުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. ފުރަތަމަ ކަމެއްގެ ގޮތުން ގެއިން ނުކުތުމުގެ ކުރިން ކިޔަންޖެހޭ ޛިކުރުތައް ކިޔުމާއި ގެއަށް ވަންނައިރު ކިޔަންޖެހޭ ޛިކުރުތައް ކިޔުމެވެ. ގެއިން ބޭރަށް ނުކުތުމަށް ދޭންޖެހޭ ސަމާލުކަން ދިނުމާއި ގެއިން ބޭރުގައި އުޅޭއިރުވެސް ރައްކައުތެރިވުމެވެ.
ދެވަނަ ކަމަކީ ގޭގައި ބަޤަރާސޫރަތް ކިޔެވުމެވެ. ބަޤަރާ ސޫރަތް ގޭގައި ކިޔެވުން ގިނަކުރާށެވެ. ބަޤަރާ ސޫރަތް ކިޔެވޭ އަޑު އިވުމުން ޝައިޠޯނުން ފިލަން ދުވާނެއެވެ. ކޮންމެ ރެއަކުވެސް ބަޤަރާ ސޫރަތް ކިޔެވޭތޯ މަސައްކަތްކުރާށެވެ. ސޫރަތް އެކުގައި ނުކިޔެވޭނަމަ ކިޔެވޭނެ އެންމެ ގިނައިން ކިޔަވާށެވެ. ދެމަފިރިން ނުވަތަ ބޮޑެތި ދަރިން ތިބިނަމަ ޢާއިލާ އެކުގައި ބަހައިގެންވެސް ކިޔަވާށެވެ! ބަޤަރާ ސޫރަތް ކިޔަވާ ގެއަކާއި ޖިންނި ޝައިޠާނުންނަށް ކައިރިވެސް ނުވެވޭނެއެވެ. އިން ޝާ ﷲ
ހަމައެއާއިއެކު ކުރުސި އާއި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔަވައިގެން ނޫނީ ނުނިދާށެވެ! އެމީހާވާހުށީ ފުދިގެންވާ މީހުންގެ ތެރެއިންނެވެ. އަދި ﷲ ތަޢާލާ އެމީހާއަށް ރައްކާތެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ
Protection Against Devils
The power of this surah as a protection against Shaytan is described in different ways in the hadiths. The Prophet (sa) said that Shaytan flees from a house where Surat al-Baqarah is recited. (Muslim 780) He also said that magicians cannot confront this surah. (Muslim 804)
He also pointed out the virtues of some specific ayat or sections of this surah.
He said, for example, “If somebody recited the last two verses of Surat al-Baqarah at night, that will be sufficient for him.” (Bukhari 5009)
Ibn Kathir quotes Darimi’s record of Sha’bi’s narrated from Ibn Mas’ud: “Whoever recites ten Ayat from Surat Al-Baqarah in a night, then Shaytan will not enter his house that night: four from the beginning, Ayat Al-Kursi (255), the following two Ayat (256-257) and the last three Ayat.”(Ibn Kathir)
Many of us know the virtues of Ayat al-Kursi, which is a part of this blessed surah. If you recite it when you go to bed, you will be guarded from Shaytan until dawn. (Bukhari 5010)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން