ނަރަކައަށް ވަންނަން ނުޖެހި ސަލާމަތްވެވޭނީ ނަރަކައިގެ ވާހަކަ ދައްކާ ދަރުސްތައް އަޑުއެހުން ގިނަކޮށް ބިރުވެތިވެވިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ނަރަކައަށް ވަންނަން ނުޖެހި ސަލާމަތްވެވޭނީ ނަރަކައިގެ ވާހަކަ ދައްކާ ދަރުސްތައް އަޑުއެހުން ގިނަކޮށް ބިރުވެތިވެވިގެން!

މީސްތަކުންނޭވެ! ރަސޫލް (ﷺ) އެނެމެ ގިނައިން ދުޢާކުރެއްވެވީ ނަރަކައިން ސަލާމަތްކުރައްވަވައި ދެއްވެވުން އެދިވަޑައިގެނެވެ. ޞަހާބީން އެންމެ ގިނައިން ދުޢާކުރެއްވެވީ އެކަމަށް އެދިވަޑައިގެނެވެ. ދުވާލުގެ އަޅުކަމަށްފަހު ރޭގަޑު ހޭލައި ތިއްބަވައިގެން ރޭއަޅުކަންކުރައްވަވައި ދުޢާކުރެއްވެވީ ނަރަކައިން މިންކުކުރައްވަވައި ދެއްވެވުން އެދިވަޑައިގެނެވެ. އަހަރެމެންނަށް އެބަ ދުޢާކުރެވޭ ހެއްޔެވެ؟ ރޭއަޅުކަން ކުރެވޭހެއްޔެވެ؟

ރަނގަޅަށް ވިސްނައިގެން އަޑުއަހާށެވެ! މިކިޔައިދޭ ވާހަކަތަކަށް ރަނގަޅަށް ސަމާލުކަންދީގެން އަޑުއަހާށެވެ! ގިނަ މީހުންގެ ބުއްދިއަށް ވިސްނޭނީ އެމީހުންގެ ލޯތަކަށް ފެންނަ ކަންކަމުން މިޘާލު ދެއްކުމުންނެވެ. އެކަންވެސް ކުރާނަމެވެ. އިން ޝާ ﷲ

މީސްތަކުންނޭވެ! ނަރަކައާއިމެދު ބިރުވެތިނުވެ ނަރަކައިން ސަލާމަތެއް ނުވެވޭނެއެވެ! ނަރަކައަށް ބިރުވެތިވެ ނަރަކައިން ސަލާމަތްވުމަށާއި ނަރަކައަށް ވަންނަން ޖެހޭ ކާފިރުންގެ ތެރޭގައި ނުހިމެނުމަށް ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި ވަނީ ވަޙީކުރައްވަވައިފައެވެ.

ބިރުވެތިވާންވީ ދުނިޔެއިން މިފެންނަ އަލިފާނަކަށް ނޫނެވެ! ނަރަކައިގެ އަލިފާނަށެވެ. ވީމާ ކޮންމެ ދުވަހަކު މިވާހަކަތައް ދައްކަން އެބަޖެހެއެވެ. އެކަކު އަނެކަކަށް ހަނދާންކޮށްދީ ނަރަކައިން ސަލާމަތްވުމަށް މަސައްކަތްކުރަން ހިތްވަރުދީ ބާރުއަޅަން އެބަޖެހެއެވެ. ސޯޝަލް މީޑިޢާގައިވެސް ގިނަގިނައިން ނަރަކައިގެ ބިރުވެރިކަމުގެ ވާހަކަތައް ކޮންމެ ދުވަހަކު އެބަ ދައްކަން ޖެހެއެވ

މީސްތަކުންނޭވެ! އޮސްޓްރޭލިއާގެ ޖަންގަލީގައި ދޭތެރެ ދޭތެރެއިން ރޯވެ އަނދަމުންދެއެވެ. އެދުވަސްވަރު ނެރޭ ނޫސްތަކުގައިވެސް އެންމެ ފަލައަކުރުން ލިޔެފައި ހުންނަނީ އެއަލިފާނުގެ ވާހަކަތަކެވެ. އެ އަލިފާނުން ލިބެމުންދާ ގެއްލުންތަކުގެ ވާހަކަތަކެވެ. އެމީހުން އެ ވާހަކަތައް ލިޔުން ހުއްޓައިލާނީ ކޮން އިރަކުންހެއްޔެވެ؟ އަލިފާންގަނޑު އެކުގައި ނިވި ސަލާމަތްވެވުމުންނެވެ!

ދެން ނިކަން ބުނެބަލާށެވެ! ނަރަކައިގެ ވާހަކަތައް ނުދައްކައި ނަރަކައިން ސަލާމަތްވުމަށް މަސައްކަތްނުކޮށް، ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަން ފަސްޖެހިގެން މިތިބެނީ ނަރަކައިގެ އަލިފާންގަނޑު ނިވިއްޖެ ކަމުގެ ޚަބަރު ލިބިގެންހެއްޔެވެ؟ ނަރަކައިގެ އަލިފާނުން ސަލާމަތްވެވިއްޖެކަން އެނގިގެންހެއްޔެވެ؟

ލޮލަށް ފެންނާތީ ޖަންގަލީގައި ރޯވެފައިވާ އަލިފާނުގެ ވާހަކަތައް ކޮންމެ ދުވަހަކު މިދައްކާވަރަށްވުރެ މާގިނައިން ނަރަކައިގެ އަލިފާނުގެ ވާހަކަ ދައްކަން ޖެހޭނެއެވެ. އެއީ ނިވުމެއް ނުވާ މާ ހޫނުގަދަ އަލިފާނެކެވެ! ކޮންމެ ގޮތަކުން ނަމަވެސް އެއިން ސަލާމަތްވާން މަސައްކަތްކުރަންޖެހޭ އަލިފާނެކެވެ!

އަހަރެންގެ މިވާހަކަތައް ކޮންމެ ދުވަހަކު ގިނަގިނައިން ދައްކާށެވެ! ސޯޝަލް މީޑިއާގައިވެސް ޝެއާކުރާށެވެ! މީސްތަކުންނަށް ހަނދުމަކޮށްދިނުމަށްޓަކައެވެ!

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން