ޞިއްޙަތަށް ފައިދާކުރާ ގިނަ މާއްދާތަކެއް ހިމެނޭ ދަނޑިއަލުވި ސޫޕް ތައްޔާރުކުރާނެ ގޮތް-

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ޞިއްޙަތަށް ފައިދާކުރާ ގިނަ މާއްދާތަކެއް ހިމެނޭ ދަނޑިއަލުވި ސޫޕް ތައްޔާރުކުރާނެ ގޮތް-

މިއަދުނޫސް

ދަނޑި އަލުވިއަކީ ކޮންމެ ކަހަލަ ފަސްގަނޑެއްގައިވެސް މާ އުނދަގޫކަމެއްނެތި ހައްދާލެވޭ ބާވަތެއްކަމުން މިއީ ރާއްޖޭގައިވެސް ފަސޭހައިން ހައްދައިގެން ނަތީޖާ ނެރެވޭ ބާވަތެކެވެ. އަދި މިއީ ރާއްޖޭގެ ގިނަބައެއްގެ މެދުގައި މަޤްބޫލް ބާވަތެކެވެ. އެހެންކަމުން މި ހަފްތާގެ ރަހައިގައި މި ހިމަނާލަނީ ދަނޑި އަލުވި ސޫޕް ތައްޔާރުކުރާނެ ގޮތެވެ .

ބޭނުންވާ ތަކެތި:

50ގ. ހުންނަހާ ދަނޑި އަލުވި(ގާނާފައި)

20ގ. ފިޔާ (ތުނިކޮސްކޮށާފައި)

300ގ. އެމްއެލް ފެން

5ގ ހިކަނދިފަތް

2ގ ލޮނުމެދު(ގާނާފައި)

20ގ. ފަރުމަސް(ހިމުންކޮށް ކޮށާފައި)

2 ބިލިމަގު 30ގ( ހަނިދިގަސް ކޮށާފައިހުރި)

1ގ. މުގުރި އަސޭމިރުސް

1ގ. ގިތިޔޮ މިރުސް(ކުދިކޮށް ކޮށާފައި)

30ގ. ފެހި ޓޮމާޓޯ. (ކުދިކޮށް ކޮށާފައި)

2/1 ގ. ލޮނު

ތައްޔާރުކުރާނެ ގޮތް:

ތެއްޔަށް ފެން އަޅާފައި ކެކެން ފެށުމުން ދަނޑި އަލުވިކޮޅު އަޅާލާށެވެ. ދަނޑި އަލުވިކޮޅު މަޑުވާއިރު ފޮނު އަރާނަމަ ފޮނު ނަގާށެވެ. ދެން މަޑުވާން ފެށުމުން ބާކީ ހުރި ހުރިހާބާވަތްތައް އެއްކޮށް އަޅާފައި ރަހަނިކުންނަ ވަރަށް ކެކުނީމާ އުނދުންމަތިން ބާލާށެވެ.

މިހާރު މިހުރީ ދަނޑި އަލުވި ސޫޕް ތައްޔާރުވެފައެވެ. ހޫނުކަން ހުއްޓާ ސާރވް ކުރާށެވެ.

ނިއުޓްރިޝަންގެ އެކި މާއްދާތައް އަދި ލިބޭ ފައިދާތައް"

• އެނާޖީ - 123 ކެލަރީ

• ޕްރޮޓީން - 7.18 ގްރާމް

• ފެޓް - 0.24 ގްރާމް

• ކާބޯހައިޑްރޭޓްސް - 22.23 ގްރާމް

• ފައިބަރ - 1.1 ގްރާމް

• އަޔަން - 0.74 މިލިގްރާމް

• ޕޮޓޭސިއަމް - 301.1 މިލިގްރާމް

• ވިޓަމިން ސީ - 19.6 މިލިގްރާމް

• ޕޮލޭޓް 14.05 މައިކްރޯ ގްރާމް

--މަޢުލޫމާތު: ދަނޑުވެރިކަމާ ދިރޭތަކެއްޗާބެހޭ ވުޒާރާ

 

މިއަދު އޮންލައިން