4 ފުރޮޅުލީ އުޅަނދު މިހާރު ރަޖިސްޓްރީ ކުރެވޭނީ އުޅަނދު ބާއްވާނެ ސައްޙަ ގަރާޖެއް ދެއްކުމަށް ފަހު!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
4 ފުރޮޅުލީ އުޅަނދު މިހާރު ރަޖިސްޓްރީ ކުރެވޭނީ އުޅަނދު ބާއްވާނެ ސައްޙަ ގަރާޖެއް ދެއްކުމަށް ފަހު!

4 ފުރޮޅުލީ އުޅަނދު މިހާރު ރަޖިސްޓްރީ ކުރެވޭނީ އުޅަނދު ބާއްވާނެ ސައްޙަ ގަރާޖެއް ދެއްކުމަށް ފަހުގައެވެ. މި ނިންމުމާއެކު، ޤާނޫނާއި ގަވާއިދުގެ ތެރެއިން ނޫންގޮތަކަށް އެއްގަމު އުޅަނދު ރަޖިސްޓްރީކުރުން ވަނީ ނިމުމަކަށް ގެނެވިފައެވެ.

މި މަސައްކަތް ފުރިހަމަ ގޮތުގައި ކުރުމަށް އަދި ގަރާޖުގެ ސައްޙަކަން ކަށަވަރުކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ފަރާތުން އެތަނަށް ގޮސް ގަރާޖު ޗެކް ކުރާނެއެވެ. މި ކަމުގެ މައިގަނޑު މަޤްޞަދަކީ 4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކުރުމުގައި ޤާނޫނާއި ގަވާއިދުގެ ތެރެއިން މިނިސްޓްރީގެ ޒިންމާ އަދާކުރުމަށާއި އުޞޫލުން ބޭރުން ރަޖިސްޓްރީ ވަމުންދިޔަ ދިޔުން ނިމުމަކަށް ގެނައުމެވެ.

މި އައު އުޞޫލުގެ ނަތީޖާއެއްގެ ގޮތުން، 2023 ވަނަ އަހަރާއި އަޅާބަލާއިރު 2024 ވަނަ އަހަރު މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރެވުނު 4 ފުރޮޅުލީ އުޅަނދުގެ ނިސްބަތް ވަނީ %74.1 ދަށްވެފައެވެ. މިއީ މާލެ ސަރަހައްދަށް އިތުރުވަމުން ދިޔަ އުޅަނދުގެ މިންވަރު ވަރަށް ބޮޑު ތަނުން ދަށްވެފައިވާކަން ދައްކުވައިދޭ ތަފާސްހިސާބެކެވެ.

މި އައު އުޞޫލަކީ މާލޭގެ ޓްރެފިކް ޙާލަތު ރަނގަޅުކުރުމަށާއި، ގަވާއިދާ އެއްގޮތަށް އުޅަނދު ރަޖިސްޓްރީކުރުން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން މާލޭގެ މަގުތަކުގައި ޕާކުކުރެވިފައި ހުންނަ އުޅަނދުގެ އަދަދު މަދުވެ، ދަތުރުފަތުރު ތޮއްޖެހުމަށް ވަނީ ލުޔެއް ލިބިގެންގޮސްފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން