ރަމަޟާން މަހާ ދިމާކޮށް އެޗްޑީސީން "އެއްގެއިން އަނެއްގެއަށް" ކެމްޕެއިން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރަމަޟާން މަހާ ދިމާކޮށް އެޗްޑީސީން "އެއްގެއިން އަނެއްގެއަށް" ކެމްޕެއިން ފަށައިފި

ރަމަޟާން މަހާ ދިމާކޮށް، "އެއްގެއިން އަނެއްގެއަށް" ނަމުގައި ޚާއްސަ ކެމްޕެއިނެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ. މި ކެމްޕެއިންގެ މަޤްޞަދަކީ ގޭގައި ބޭނުންކުރާ ތަކެތި އުކާލުމުގެ ބަދަލުގައި، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި، އެފަދަ ތަކެއްޗަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަދިޔާކުރުމެވެ.

އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ކެމްޕެއިނަށް ހުޅުމާލޭގެ ކޮންމެ ގެއަކުންވެސް ތަކެތި ހަދިޔާ ކުރެވޭނެއެވެ. މީގެ ތެރޭގައި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކް ސާމާނު ހިމެނެއެވެ. މި ކެމްޕެއިން ކުރިއަށްދާނީ ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކެމްޕެއިންގެ ދަށުން ގޭގެއިން ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ފޯރުކޮށްދިނުމުގެ އިންތިޒާމު އެޗްޑީސީއިން ހަމަޖައްސައިދޭނެއެވެ. މި ކެމްޕެއިންގެ ދަށުން ހަދިޔާކުރާ ތަކެތި ރުއްގަނޑު އެކެއްގައި ބެހެއްޓިފައި ހުންނާނެ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.

ކެމްޕެއިންގައި ބައިވެރިވުމަށް

ކެމްޕޭނަށް ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅުމަށް ވަނީ އެދިފައެވެ. ކޯލް ސެންޓަރަށް ގުޅޭނެ ގަޑިތަކަކީ އާދިއްތައިން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 އިން 13:00 އަށް، ހުކުރު ދުވަހު 15:00 އިން 18:00 އަށް، އަދި ހޮނިހިރު ދުވަހު 10:00 އިން 14:00 އަށެވެ. އަދި ތަކެތި ދޫކުރުން ކުރިއަށްދާނީ އާދިއްތައިން ހުކުރަށް 15:00 އިން 18:00 އަށް، އަދި ހޮނިހިރު ދުވަހު 10:00 އިން 18:00 އަށެވެ.

މިއަދު އޮންލައިން