ރަމަޟާން މަހުގެ ހިތްގައިމު ތައްޔާރީތައް: ދިވެހި ސަޤާފަތުގެ އަގުހުރި މުއްސަނދިކަން-

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 32ސ
ރަމަޟާން މަހުގެ ހިތްގައިމު ތައްޔާރީތައް: ދިވެހި ސަޤާފަތުގެ އަގުހުރި މުއްސަނދިކަން-

ރަމަޟާން މަސް ކައިރިވެ، އެ މަހުގެ ހިތްގައިމު ވަސް ދުރުން ވެސް ދުވަން ފަށައިފިއެވެ. މި މަހަކީ އިސްލާމީ އުންމަތުގެ ހިތްތަކުގައި ވަރަށް ޚާއްޞަ މަޤާމެއް ލިބިފައިވާ މައްސަރެކެވެ. ދިވެހިންނަކީ ވެސް މި މަހަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ބައެކެވެ. ރަމަޟާން މަހަށް ތައްޔާރުވުމަކީ ދިވެހިންގެ ސަޤާފަތުގައި އަދި މިއަދާ ހަމައަށް ވެސް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެމިއޮތް ކަމެކެވެ. 

މީގެ ވިއްސަކަށް އަހަރު ކުރިން ރޯދަމަހަށް ތައްޔާރުވަމުންދިޔަ ދުވަސްވަރު، ރާއްޖޭގެ ރަށްރަށުގައި ފެންނަމުންދިޔަ މަންޒަރުތަކަކީ މިއަދު ހަމައެކަނި ހަނދާންތަކުގައި ދިރިހުރި މަންޒަރުތަކެކެވެ. އޭރު ފެންނަމުންދިޔައީ ވަލުތެރޭގައި ވިނަ ނޮޅައި ސާފުކޮށްފައިވާ ބޮޑު ސަރަހައްދަކަށް، ގާނާފައި ހުރި ކާށި ހުނި، ދޮލަނގުތަކަށް އަޅައިގެން ގެނެސް އަންހެންވެރިން އެއްތަންކުރާ މަންޒަރެވެ. މިއީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. 

އެ ދުވަސްވަރު، އެއްބަޔަކު ފިޔައާއި މިރުހާއި އެނޫންވެސް ސާމާނު ކޮށުމުގައި އަވަދިނެތި އުޅޭއިރު އަނެއްބަޔަކު ދަރު ހިފައިގެން އައިސް ސަފަކަށް އަތުރާފައިވާ އުނދުންތައް ރޯކުރަން އުޅެނީއެވެ. މި މަސައްކަތަކީ މުޅި މުޖުތަމަޢު ގުޅިގެން ކުރި މަސައްކަތެކެވެ. ރަށުތެރޭގައި ވާހަކައެއް އޮވެއްޖިއްޔާ އެ ހުރިހާ ވާހަކައެއް އެތަނުގައި ފުނި ޖެހިފައި އޮވެއެވެ. ކުދިވެރިން ކުޅުމާއި ސަކަރާތްޖެހުމުގައި ދުވެ ނަގަނީއެވެ. މިއީ ރޯދައަށް ހަފުތާއެއްހައި ދުވަސް ކުރިން ހަވާދު ހަނާކުރާ ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް މާޙައުލު އޮންނަ ގޮތެވެ. 

ނަމަވެސް، މަޑުމަޑުން ނެތެމުންގޮސް އެ އާދަވެސް ލޮލުގެ ކޮޅަށް އޮބައިފިއެވެ. ރޯދައަށް ހަވާދު ހަނާކުރާ މީހުން އެކަން މިހާރުވެސް ކުރެއެވެ. އެހެންނަމަވެސް، ރަށްރަށުންވެސް މިހާރު ފެންނާނީ މި މަސައްކަތުގެ "މޮޑާން" ވާޝަނެވެ. މިއަދު ގިނަ މީހުން ހަވާދު ގަންނަނީ ފިހާރަތަކުންނެވެ. އަމިއްލައަށް ހަވާދު ހަނާކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވެއެވެ. 

ދިވެހިންގެ އާދަކާދަ ހުންނަގޮތުން ރޯދައަށް މާހެފުން ބޭއްވުމަކީވެސް ވަރަށް ފޯރީގައި ކުރަމުން އަންނަ ކަމެކެވެ. ގުރޫޕު ގުރޫޕަށް މާހެފުން ބޭއްވުމާއި އާއިލީ މާހެފުމާއި އޮފީސް މާހެފުންވެސް ބާއްވައެވެ. މީގެ އިތުރުން ރޯދަ ހަދިޔާ ބަދަލުކުރުންވެސް އޮވެއެވެ. ބައެއް މީހުން ހަދިޔާގެ ގޮތުގައި ނަމާދުކުރާ މުސައްލައާއި ޤުރުއާން ހަތިމާއި ތަސްބީހަފަތި ފަދަ އެއްޗެހި ހަދިޔާ ކުރެއެވެ. އަނެއްބަޔަކު ކަދުރު ހަދިޔާ ކުރެއެވެ. މި އާދަތަކަކީ މިއަދުވެސް ދިވެހި މުޖުތަމަޢުގައި ދެމިއޮތް އާދަތަކެކެވެ. 

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ދިވެހިން އެންމެ އިސްކަމެއް ދެނީ ގޭގެ ސާފުތާހިރުކަމަށެވެ. ރަށްފުށުގެ ގިނަ ގެތަކުގައި މިހާރު ވެސް ފެންނަން ހުންނަނީ ރަމަޟާން މަސް އައުމުގެ ކުރިން ގޭގެ ފާރުތަކުގައި ހުދުކުލަ ލައި، ގޯތިތެރެ ސާފުކޮށް، ފަތްކެޔޮ ފަދަ ގަސްތައް އިންދައި، ގެ ޒީނަތްތެރިކޮށްފައި ހުންނަ މަންޒަރެވެ. މިއީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރާ އެންމެ މުހިންމު ކަންތައްތަކުގެ ތެރެއިން ކަމެކެވެ. މި ކަމަކީ ގޭގެއަށް އާ ރޫހެއް ގެނެސްދޭ، އަދި ރަމަޟާން މަހުގެ ރޫހާ ގުޅިލާމެހިފައިވާ ކަމެކެވެ. 

ދެން އެންމެ މުހިންމު ކަމަކަށް ވަނީ ކާބޯތަކެތީގެ ތައްޔާރީތަކެވެ. ރަމަޟާން މަހަށް ޚާއްޞަކޮށް ތައްޔާރުކުރާ ކާނާގެ ތެރޭގައި ރިހާކުރު، ބޮނޑިބަތް، އަދި ހަވާދު ހަނާކުރުން ފަދަ ކަންތައް ހިމެނެއެވެ. މި ތަކެތި ތައްޔާރުކުރުމަކީ ގިނަ ދިވެހި ގެތަކުގައި ދެމިއޮތް އާދައެކެވެ. ޚާއްޞަކޮށް ރިހާކުރު ހެދުމަކީ ގިނަ ދިވެހިން އަދިވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. މި ކާނާތައް ތައްޔާރުކުރުމުގައި މުޅި އާއިލާ ބައިވެރިވެ، އެކުވެރިކަމާއެކު މަސައްކަތްކުރާ މަންޒަރަކީ ރަމަޟާން މަހުގެ އެންމެ ހިތްގައިމު މަންޒަރުތަކުގެ ތެރެއިން އެއް މަންޒަރެވެ. 

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އަންހެންވެރިން ކުރާ އަނެއް މުހިންމު ކަމަކީ ރޯދަވީއްލުމަށް ބޭނުންކުރާ ތަށިތައް ދޮވެ ސާފުކުރުމެވެ. ގިނަ ދިވެހި ގެތަކުގައި މިހާރު ވެސް ފެންނަން ހުންނަނީ ރަމަޟާން މަހަށް ޚާއްޞަކޮށް ބޭނުންކުރާ ތަށިތަކެވެ. މި ތަށިތައް އަހަރުގެ އެހެން ދުވަސްތަކުގައި ރައްކާކޮށްފައި ބަހައްޓައި، ރަމަޟާން މަސް އައުމުގެ ކުރިން ނަގައި ދޮވެ ސާފުކުރުމަކީ ގިނަ ގެތަކުގައި ކުރާ ކަމެކެވެ. މި ތަށިތަކަކީ ގިނަ ފަހަރަށް ޖީލުތަކުން ޖީލުތަކަށް ވާރުތަވެފައިވާ، އާއިލާގެ ތާރީޚާ ގުޅިފައިވާ އަގުހުރި ތަކެއްޗެވެ. 

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިސްކިތްތައްވެސް މަރާމާތުކޮށް ސާފުކުރުމެވެ. ރަށްފުށުގެ ގިނަ ރަށްރަށުގައި މިހާރު ވެސް ފެންނަން ހުންނަނީ ރަމަޟާން މަސް އައުމުގެ ކުރިން މިސްކިތްތައް ދޮވެ ސާފުކޮށް، ކުލަލައި، މަރާމާތުކޮށްފައި ހުންނަ މަންޒަރެވެ. މިއީ މުޖުތަމަޢުގެ އެކި ފަންތީގެ މީހުން އެއްވެ، އެކުވެރިކަމާއެކު ކުރާ މަސައްކަތެކެވެ.                   

ރޯދަމަސް އައުމުން ރެސްޓޯރެންޓުތަކަށް ރޯދަވީއްލަން ދިއުމަކީ މިހާރު ވަރަށް އާންމު ކަމަކަށް ވެފައިވެއެވެ. މީގެ އިތުރުން، ގުރޫޕު ހަދައިގެން ތަރާވީހު ނަމާދަށް ދިއުމަކީވެސް ގިނަ ޒުވާނުންގެ މެދުގައި އޮންނަ އާދައެކެވެ. މިއީ ރަމަޟާން މަހުގެ ރޫޙާނީ އަދި އިޖުތިމާޢީ އެއްބައިވަންތަކަން އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ. 

ބައެއް މީހުން ޤުރުއާން ޚަތިމުކުރުން ފަދަ ކަންކަންވެސް ކުރެއެވެ. މިއީ ރަމަޟާން މަހުގެ ބަރަކާތްތަކުން ފައިދާ ހޯދުމަށް ކުރެވޭ އެންމެ މުހިންމު އަޅުކަންތަކުގެ ތެރެއިން އެއް އަޅުކަމެވެ. ގިނަ މީހުން މި މަހުގައި ޤުރުއާން ޚަތިމުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރެއެވެ. 

ނަމަވެސް، މި ހުރިހާ އާދަތަކާއެކުވެސް، ކުރީގެ ބައެއް މުހިންމު އާދަތައް މިހާރު ވަނީ ނެތިގޮސްފައެވެ. މިސާލަކަށް، ކުރިން ބުނެވުނު ފަދައިން ހަވާދު ހަނާކުރުމުގެ މަސައްކަތް މުޅި މުޖުތަމަޢު ގުޅިގެން ކުރުމުގެ އާދަ މިހާރު ވަނީ ވަރަށް ބޮޑަށް ނެތިގޮސްފައެވެ. މިފަދަ އާދަތައް އަލުން ދިރުވައި، ޖީލުތަކަށް ވާރުތަކޮށްދިނުމަކީ މުހިންމު ކަމެކެވެ. 

ރަމަޟާން މަހަށް ތައްޔާރުވުމުގެ ދިވެހި ސަޤާފަތަކީ ވަރަށް މުއްސަނދި އަދި ފުން މާނައެއް އެކުލެވިގެންވާ ސަޤާފަތެކެވެ. މި ސަޤާފަތުގެ ގިނަ ބައިތައް މިއަދުވެސް ދެމިއޮތް ނަމަވެސް، ބައެއް މުހިންމު އާދަތައް ވަނީ ނެތެމުން ގޮސްފައެވެ. އަޅުގަނޑުމެންގެ ޒިންމާއަކީ މި އަގުހުރި ސަޤާފަތް ދިރުވައި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ. އެއީ އަޅުގަނޑުމެންގެ އިސްލާމީ އަދި ދިވެހި ވަންތަކަން ދެމެހެއްޓުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމެވެ.

ބަރަކާތްތެރި ރަމަޟާން މަހަކަށް އަނެއްކާވެސް މަރުޙަބާކިޔަން ތައްޔާރުވަމުން ދާއިރު އަޒުމް އާކުރަންވީ އެއްކަމެއް އެބައޮތެވެ. އަހަރެމެންނަކީ އިސްލާމުންނެވެ. ޒަމާނުއްސުރެ އަހަރެމެންގެ ކާބަފައިންނަކީ ރޯދަ މަހު އަޅުކަމަށް އިސްކަންދިން ބައެކެވެ. އެކަން އެގޮތުގައި ދަމަހައްޓަމާ ހިނގާށެވެ.

  

މިއަދު އޮންލައިން