ކޮންމެ ކަމަކަށް ބޭނުންވިޔަސް އިޚްލާޞްތެރިކަމާއިއެކު ދުޢާކުރާށެވެ! ހިންމަވައި ދެއްވަވަން ބޮޑު އެއްވެސް ކަމެއް ﷲ ތަޢާލާއަކަށް ނުވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކޮންމެ ކަމަކަށް ބޭނުންވިޔަސް އިޚްލާޞްތެރިކަމާއިއެކު ދުޢާކުރާށެވެ! ހިންމަވައި ދެއްވަވަން ބޮޑު އެއްވެސް ކަމެއް ﷲ ތަޢާލާއަކަށް ނުވެއެވެ!

ދުޢާކުރުމަކީ ނުވަތަ ދުޢާއަކީ މުސްލިމުންގެ އައްޑަނައެވެ. އެހެނީ ދުޢާކުރުމުން މުޞީބާތްތަކުން ސަލާމަތްކޮށްދެއްވަވަތެވެ. އައްޑަނައިގެ އިތުރުން މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރުވެސް މެއެވެ. އެހެނީ ބޭނުންވާ ކޮންމެ ކަމެއްވެސް ޙާޞިލުކުރެވެން އޮތް މަގެވެ.  

ކަމަކަށް ބޭނުންވުމުން އެކަމުގެ ކުޑަބޮޑުމިނަށް ނުބަލާށެވެ! ޔަޤީންކަމާއިއެކު ދުޢާކުރަން އަވަސްވެގަންނާށެވެ! އިރާދަކުރައްވަވައިފިނަމަ އާދަފޫވައްޓާލައިފަނިވި ކަންކަން ވެސް މިންވަރުކުރައްވަވަނީ ހަމަ ﷲ ތައާލާއެވެ!  

ﷲ އަށް ފުރިހަމަގޮތުގަ އިތުބާރުކުރުމަށްފަހު ބޭނުންތައް ފުއްދަވައި ދެއްވެވުން  އަވަސްކޮށްދެއްވެވުމަށް އުންމީދުކުރާށެވެ! ކޮންމެ ޙާލަތެއްގައި ވެސް ވަކީލުކުރުމަށް ﷲ ލޯބިވެވޮޑިގަންނަވައެވެ. އޭނާ އެހެން ފަރާތަކުން ވާގިނުއެދޭކަން އެކަލާނގެ ދެނެވޮޑިގެންވާތީއެވެ!  

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ އެންމެ ގާތުގައި ވޮޑިގެންވާ ކަމަށާއި އަދި ދުޢާކުރުމުން  ޢިޖާބަކުރައްވަވާނެ ކަމަށެވެ. ހިތާމަތަށް ފިލައި އެދޭކަންކަން ޙާޞިލުނުކުރެވި ލަސްވަމުން މިދަނީ އަހަރެމެންނަށް ދުރަށް ޖެހެވި އަމުރުފުޅުތަކަށް ކިޔަމަންތެރި ނުވެވޭތީއެވެ! 

އުފާވެރިކަން ލިބުން އެދި ކުރަން އޮތްކަމަކީ ﷲ ތަޢާލާއަށް އިޚްލާޞްތެރިވުމެވެ. އިޚްލާޞްތެރިންގެ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން