ރަނގަޅު ނިޔަތެއްގައިވެސް ސިޙުރު ހަދައިފިނަމަ ފާފަވެރިވާނެ! ބައިވެރިޔާ ހިފަހައްޓަންވެސް ސިޙުރު ހެދުމަކީ ކުރެވޭ ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ރަނގަޅު ނިޔަތެއްގައިވެސް ސިޙުރު ހަދައިފިނަމަ ފާފަވެރިވާނެ! ބައިވެރިޔާ ހިފަހައްޓަންވެސް ސިޙުރު ހެދުމަކީ ކުރެވޭ ފާފައެއް!

ބައިވެރިޔާ އެހެން މީހަކު ދެކެ ލޯބިވުން ހުއްޓުވަން ނަމަވެސް އަދި ވަކިވެގެން ދިއުން ހުއްޓުވަން ނަމަވެސް ސިޙުރު ހަދައިފިނަމަ އެކުރެވެނީ އެންމެ ނުބައިކަންބޮޑު ފާފަތަކުގެ ތެރެއިން ފާފައެކެވެ.  

"ދަންނާށެވެ! ސިޙުރަކީ "ރަނގަޅު ނިޔަތުގައި" ހެދޭނެ އެއްޗެއް ނޫނެވެ.

ބައެއް އަނބީން އެބައިމީހުންގެ ފިރިން އެހެން އަންހެނަކާ ހިތާވުމުން ނުވަތަ އެހެން އަންހެނަކާ އިންނާން އުޅުމުން އެ ކަމުން ދުރުކުރާން ސިޙުރު އެބަ ހަދައެވެ.

ސިޙުރަކީ މީހާ މިއްލަތުން ބޭރުވެދާ ފަދަ ނުބައި ޢަމަލެކެވެ. އެއީ އެ މީހެއްގެ ދަރިފަސްކޮޅަށް ވެސް ދެމިގެންދާ އެއްޗެކެވެ. އެ ހެދި މީހާއަށް ވެސް އޭގެ ނުބައި އަސަރު މުޅި ޢުމުރަށް ވެސް ޖެހޭ ކަމެކެވެ. ނަމަނަމަ ކައިރި ނުވާށެވެ."

- ޝައިޚް ޝަފީޢު ޢަބްދުއްﷲ  

ޝައިޚްގެ މިބަސްފުޅުން އެނގެނީ އަނބިމީހާ އެހެން މީހާކުދެކެ ލޯބިވުން ފަދަ ކަންކަން ކުރިމަތިވުމުން އެކަން ހުއްޓުވަން ނުވަތަ ވަރިވެގެން ދިއުން ހުއްޓުވަން ނަމަވެސް ސިޙުރު ހެދުމަކީ ކުރެވޭ ފާފައެއް ކަމެވެ.  

ވީމާ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުތުކުރުމުގެ ބޭނުމުގައި ރަނގަޅު ނިޔަތުގައިވެސް ސިޙުރު ނުހަދާށެވެ! އެކުރެވެނީ މިއްލަތުން ބޭރުވެދާނެ ފަދަ ނުބައި ޢަމަލެކެވެ.

މިއަދު އޮންލައިން