ކިތަންމެ ބޮޑަށް ޝައުޤުވެރިވާ މީހަކާ ބައްދަލުވިޔަސް ލޯބިވާކަން ހާމަކުރުމުގައި ހައްދުފަހަނައަޅައި ހިނގައްޖެނަމަ ލިބޭނެ ދެރަ މާބޮޑުވާނެ! ގިނަވާނީ އަމިއްލަ އެދުން ކުރިއަށް ނެރޭނެ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ކިތަންމެ ބޮޑަށް ޝައުޤުވެރިވާ މީހަކާ ބައްދަލުވިޔަސް ލޯބިވާކަން ހާމަކުރުމުގައި ހައްދުފަހަނައަޅައި ހިނގައްޖެނަމަ ލިބޭނެ ދެރަ މާބޮޑުވާނެ! ގިނަވާނީ އަމިއްލަ އެދުން ކުރިއަށް ނެރޭނެ މީހުން!

ބައެއް ފަހަރު ތިމާ އެންމެ ބޮޑަށް ޝައުޤުވެރިވާ ހުރިހާ ސިފަތަކެއް ހުރި މީހަކާއިވެސް ބައްދަލުވެދާނެއެވެ. އެޙާލަތުގައިވެސް ލޯބިވާކަން ހާމަކުރުމުގައާއި އަދި އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް ހައްދުފަހަނައަޅައި ނުދާށެވެ! ހިނގައްޖެނަމަ ގިނަފަހަރު ލިބޭނެ ދެރަ މާބޮޑުވާނެއެވެ. 

ފުރަތަމަ ސަބަބަކީ އަނެކާ އެހުރީ ތިމާއާއިހުރެ މޮޔަވެފައިކަން ވިސްނޭނެއެވެ. ބޭނުން ކޮންމެ ގޮތެއް ހަދައިލެވިދާނެކަން ވިސްނޭނެއެވެ. ކިތަންމެ ބޮޑު ފައިދާއެއްވެސް ހޯދިދާނެކަން ޤަބޫލުކުރެވޭނެއެވެ. 

ދެވަނަ ކަމަކީ ގިނަވާނީ އެއްވެސް މަސައްކަތަކާއި ނުލައި ލިބޭ ތަކެތީގެވެސް ކަންކަމުގެވެސް އަގުވޒަންނުކުރެވޭ މީހުންނެވެ. 

އަނެކާ ކަމުދާކަމާއި އެކީގައި ޙަޔާތް ވޭތިކުރަން ބޭނުންކަމަށް ބުނާށެވެ! އެކަމަށް އޭނާ ޤަބޫލުވެ ޢިޖާނަދީފިނަމަ ދިރިއުޅުމެއް ފެށުމަކީ މައްސަލައެއް ނޫނެވެ. ޢިޖާބަދިނުން ކަމަށް މިބުނަނީ ކައިވެނިކުރާ ވާހަކައެވެ. 

ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް އެކަން ހާމަކޮށް އަންގައިދޭންވާނީ އަނެކާގެ ޢަމަލުތަކުގެ މައްޗަށް ބަލައިގެންނެވެ. އަނެކާ ތިމާއަށް ލޯތްބާއި އަޅައިލުންދޭ މިންވްރަށް ބަލައިގެންނެވެ. އެގޮތުގައި ދިރިއުޅެން ފަށައި އެކަކު އަނެކަކަށް ދަސްވެ އިތުބާރުކުރެވުމުން މަތީ މަރުޙަލާތަކަށް ކަންކަން ގެންދާށެވެ.  

ނަމަވެސް ގިނަ ފަހަރަށް ކަންތައް ކުރެވެނީ އެހެންނަކުންނޫނެވެ. ފުރަތަމަ އަނެކާ ގޮވައިގެން އުޑަށް އެރެނީއެވެ. އެރުނީމާ އޮންނަނީ ފައިބަން ބޭނުންވިޔަސް ނުފޭބިފައެވެ. ތާށިވެފައެވެ. ގިނަ އަންހެން ކުދިންނަށް ޢަބުރާއި ޢިއްފަތް ގެއްލުމުގެ މައްސަލަތަކާއި ކުރިމަތިލާންޖެހި ފަހުން ހިތާމަކުރަންޖެހެނީވެސް މިބަޔާންކުރި ގޮތަށް ކަންކަން ނުކުރެވޭތީއެވެ.

 

- ތަޖުރިބާރު ޢިލްމްވެރިއެއްގެ ބަސްފުޅުން

މިއަދު އޮންލައިން