އިޚްލާޞް ސޫރަތް ކިޔެވުމުން ލިބޭ ފައިދާތަކުގެ ތެރެއިން އެމީހަކަށް ސުވަރުގެ ޙައްޤުވުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އިޚްލާޞް ސޫރަތް ކިޔެވުމުން ލިބޭ ފައިދާތަކުގެ ތެރެއިން އެމީހަކަށް ސުވަރުގެ ޙައްޤުވުން-

އިޚްލާޞް ސޫރަތަކީ ކޮންމެ ނަމާދެއްގައިހެން ގިނަ ބައަކު ކިޔަވާ ސޫރަތެކެވެ. އަދި ފަރުޟު ނަމާދަށްފަހުގައިވެސް ކިޔެވުން ސުންނަތްވެގެންވާ ސޫރަތެކެވެ. 2 އިރުގެ ޛިކުރުތަކުގައިވެސް ކިޔަވަމުއެވެ. އެއިގެ އިތުރުންވެސް ހަމަ ކިޔަވަންވީއެވެ. 

ލިބެން ހުރި ފައިދާއަށް ބަލާއިރު: 

"މީހަކު ސޫރަތުލް އިޚްލާޞް ކިޔަވާ އަޑު ރަސޫލާ ﷺ އަށް އިވިވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "ވާޖިބު ވެއްޖެއެވެ." އެހިނދު އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ސުވާލު ކުރެއްވިއެވެ. "ﷲގެ ރަސޫލާއެވެ. ވާޖިބުވީ ކޮންކަމެއްތޯއެވެ؟ " ޙަދީޘް ކުރެއްވެވިއެވެ: "ސުވަރުގެއެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މާނަވެސް ދަސްކޮށްލައި ހިތަށް ގެންނަމުން ގިނަގިނައިން ކިޔަވާށެވެ! 

﴿1﴾ قُلْ هُوَ اللَّهُ أَحَدٌ

"ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ ﷲއެވެ."

﴿2﴾ اللَّهُ الصَّمَدُ

"ﷲއީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ."

3﴾ لَمْ يَلِدْ وَلَمْ يُولَدْ

"އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ."

4﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ

"އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ."

މިއަދު އޮންލައިން