އައިޔޫއެމް އިން "އެމިރޭޓްސް ލިޓްފެސްޓް 2025"ގައި ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
އައިޔޫއެމް އިން "އެމިރޭޓްސް ލިޓްފެސްޓް 2025"ގައި ބައިވެރިވެއްޖެ

"އެމިރޭޓްސް ލިޓްފެސްޓް 2025"ގެ ނަމުގައި އިންޓަރކޮންޓިނެންޓަލް ދުބާއީ ސިޓީގައި ބޭއްވުނު މި ފެސްޓިވަލް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައެވެ.

މި ފެސްޓިވަލް އަކީ އަރަބި ދުނިޔޭގައި ލިޔުންތެރިކަމާއި ބަސްމޮށުންތެރިކަމާއި ބެހޭ، ލިޔުންތެރިންނާއި ވާހަކަދެއްކުންތެރިންގެ އިތުރުން ޅެންވެރިންނަށް ޚާއްސަ ސެމިނާއެކެވެ. އެގޮތުން، އައިޔޫއެމްގެ ފަރާތުން ޖުމްލަ 4 ދަރިވަރުންނެއް ވަނީ މި ފެސްޓިވަލްގައި ބައިވެރިވެފައެވެ.

40 ޤައުމުގެ 160 ވާހަކަދެއްކުންތެރިން ބައިވެރިވާ މި ފެސްޓިވަލްގައި ތަފާތު ޕެނަލް ޑިސްކަޝަންތަކާއި، ވޯކްޝޮޕްތަށް ވަނީ ކުރިއަށްގެންގޮސްފައިވާއިރު، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން އަންނަނީ އެ ޔުނިވާސިޓީގެ ދަރިވަރުންނަށް، މިފަދަ ބައިނަލްއަޤްވާމީ ފެސްޓިވަލްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮއްދެއްވައި، ދިވެހިރާއްޖޭގެ މަތީ ތަޢުލީމަށް ކުރިއެރުން ހޯދައިދިނުމަށް އެތަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން