އެންމެ ބޮޑު ފޯކަސް އަކީ ކައުންސިލްތަކުގެ ނިންމުންތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ކަންތައްތައް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އެންމެ ބޮޑު ފޯކަސް އަކީ ކައުންސިލްތަކުގެ ނިންމުންތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ކަންތައްތައް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުން: ވަޒީރު

އެންމެ ބޮޑު ފޯކަސްއެއް ކަމަށް މި ދަތުރުގައި ބަލަނީ، ކައުންސިލްތަކުން ނިންމާ ނިންމުންތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ކަންތައްތައް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުން ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ފިލިޕިންސްގެ ވެރިރަށް މެނީލާއަށް ކުރައްވާ ދަތުރުފުޅަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވީއައިޕީ ލައުންޖްގައި ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމުގައެވެ.

"މި ދަތުރުގެ އެންމެ ބޮޑު ފޯކަސްއަކަށް ހަދަން ޤަސްތުކުރަނީ ދިވެހިރާއްޖޭގެ ކައުންސިލްތަކުގަ. ކައުންސިލްތަކުން ނިންމާ ނިންމުންތަކުގަ. މުޖުތަމަޢުގެ ބައިވެރިވުން ނުވަތަ ރަށުގެ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ޓަކައި މަސައްކަތް ކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބެލުން" ވަޒީރު ވިދާޅުވިއެވެ.

ޔޫއެންޑީޕީގެ ޚާއްޞަ އެހީތެރިކަމާއެކު، އެ މަނިކުފާނު ކުރައްވާ މި ދަތުރުފުޅަކީ ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މެނީލާގައި ބާއްވާ ޚާއްޞަ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ބައްދަލުވުމުގައި، ލާމަރުކަޒީ ނިޒާމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުމާއި، ހެޔޮ ވެރިކަމާއި، ދެފުށް ފެންނަ ގޮތަށް ކަންކަންކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވާނެ ކަންކަމާ މެދު މަޝްވަރާތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައި ވެއެވެ.

ވަޒީރުގެ އަރިހުގައި މި ދަތުރުފުޅުގައި، ވުޒާރާގެ ލޯކަލް ގަވަރމަންޓް ޔުނިޓް ހިންގެވުމާ ޙަވާލުވެހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްދު މާހިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން