ދަނޑުވެރިކަމުގެ ސިނާއަތުގައި ލަނޑުދަނޑި އަކަށްވާންވީ ދެމެހެއްޓެނެވި ގޮތުގައި ފުދުންތެރި، ވާދަވެރި ސިނާއަތެއް ޤާއިމްކުރުން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ދަނޑުވެރިކަމުގެ ސިނާއަތުގައި ލަނޑުދަނޑި އަކަށްވާންވީ ދެމެހެއްޓެނެވި ގޮތުގައި ފުދުންތެރި، ވާދަވެރި ސިނާއަތެއް ޤާއިމްކުރުން: ވަޒީރު

ދަނޑުވެރިކަމުގެ ސިނާއަތުގައި އަހަރެމެންގެ ލަނޑުދަނޑި އަކަށްވާންވީ ދެމެހެއްޓެނެވި ގޮތުގައި ފުދުންތެރި، ވާދަވެރި ސިނާއަތެއް ޤާއިމްކުރުންކަމަށް ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

 

ވަޒީރު މިހެންވިދާޅުވީ ދިވެރިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއާއި އިސްލާމިކް އޯގަނައިޒޭޝަން ފޮރ ފުޑް ސެކިއުރިޓީ އައިއޯއެފްއެސް ގުޅިގެން ކުރިއަށްގެންދާ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަަރުކުރުމަށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުމާ ބެހޭ ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ވިދާޅުވީ ދަނޑުވެރިކަމުގައި އަޅުގަނޑުމެންގެ ކާބަފައިން ޖޮންކެހުންތަކުން އަރައިގަތީ އައު ގޮތްތައް ހޯދައިގެންކަމަށެވެ. އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި ޤައުމީ ރޫޚްގައިކަމަށެވެ. އެހެންކަމުން އަހަރެމެން އެކަންކަން ނަމޫނާއަކަށް ނަގާ، އެ ޒިންމާ އުފުލަން ޖެހޭކަމަށެވެ.

"އަޅުގަނޑުމެންގެ ލަނޑުދަނޑިއަކީ ދެމެހެއްޓެނިވި، އަމިއްލަ ފުދުންތެރި، ވާދަވެރި ދަނޑުވެރިކަމުގެ ދާއިރާއެއް ޤާއިމް ކުރުން"

ވަޒީރު ވިދާޅުވީ އަޅުގަނޑުމެންގެ ލަނޑުދަނޑިއަށް ވާސިލް ވުމަށްޓަަކައި ދަނދުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޒުވާނުންނާއި އަންހެނުންގެ ނިސްބަތް އިތުރުކުރަން ޖެހޭ ކަމަށެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން