މާލޭގެ ކެފޭތަކުން ވިސާ ނެތް 3 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
މާލޭގެ ކެފޭތަކުން ވިސާ ނެތް 3 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

މާލޭގައި ހިންގަމުންދާ ކެފޭތައް ބަލައި ފާސްކުރުމުގެ ތެރެއިން ވިސާ ނެތް 3 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު ދެއްވި މައުލޫމާތުގައިވާ ގޮތުން، މި ބިދޭސީން ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަނުން ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިންނެވެ. މި އޮޕަރޭޝަންގެ ދަށުން މާލޭގެ 4 ކެފޭއެއް ވަނީ ބަލައި ފާސްކޮށްފައެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގެ މަޤްސަދަކީ ކެފޭތަކުގައި މަސައްކަތްކުރާ ބިދޭސީންނަކީ ޤަވާއިދާ އެއްގޮތަށް މަސައްކަތްކުރާ ބައެއްތޯ ކަށަވަރުކުރުން ކަމަށެވެ. މި އޮޕަރޭޝަންގެ ތެރެއިން ވިސާ ނެތި މަސައްކަތްކުރަމުންދިޔަ 3 ބިދޭސީން ފާހަގަކުރެވި، އެމީހުން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ދަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. މީގެ ތެރޭގައި ގަވާއިދާ ޚިލާފު ބިދޭސީން ހޯދުމަށް ޚާއްސަ އޮޕަރޭޝަންތައް ހިންގުމާއި، ވަޒީފާދޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ހިމެނެއެވެ.

މިއަދު އޮންލައިން