އަވަހަށް ހެޔޮ ލަފާ އަންހެނަކާ ކައިވެނިކޮށް ހިލޭ އަންހެނުންނަށް ޚަރަދު ނުކުރުމަކީ އެކައުންޓުގަ މާއަވަހަށް މާގިނަފައިސާ ޖަމާކުރެވޭ ކަމެއް! ސަބަބުތައްވެސް މިހިރީ ފެންނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އަވަހަށް ހެޔޮ ލަފާ އަންހެނަކާ ކައިވެނިކޮށް ހިލޭ އަންހެނުންނަށް ޚަރަދު ނުކުރުމަކީ އެކައުންޓުގަ މާއަވަހަށް މާގިނަފައިސާ ޖަމާކުރެވޭ ކަމެއް! ސަބަބުތައްވެސް މިހިރީ ފެންނަން!

އަހުރެން މިދައްކަނީ ދަހިކަން ބޮޑުވެ ބަނޑުބޮޑުވާވަރަށް ކާން ޚަރަދުކުރަންވެސް ބިރުން މުއްބާރުކޮށްގެން ތިބޭ މީހުންގެ ވާހަކައެއް ނޫނެވެ. އެމީހަކު ޙާޞިލްކުރަން ބޭނުންވާ ކަންކަން ޙާޞިލްކުރަން ޚަރަދުކުރާ މީހުންގެ ވާހަކައެވެ.  

ޔަޤީންކަމާއިއެކު ބުނަމެވެ. ކައިވެނީގެ ކުރިން އޭނާ އިޝްރާފްކުރި ވަޤުތާއި ފައިސާއާއި ގާތަކަށްވެސް ކައިވެނިކުރުމަށްފަހު ޚަރަދުކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ޝަރުޠަކާއިއެކުގައެވެ. އެކަން އެގޮތަށް މެދުވެރިވާނީ ދިރިއުޅުމާއިމެދު ވިސްނާ ހެޔޮ ލަފާ އަންހެނަކާއި ކައިވެނިކުރެވިއްޖެނަމައެވެ. ކައިވެނިކުރުމަށްފަހު ހިލޭ އަންހެނުންނަށް ޚަރަދުނުކުރާނަމައެވެ.  

އަތަށް ހުރިހާ ފައިސާއެއް ވަޤުތުން ޚަރަދުކޮށް ހުސްކުރަން ބޭނުންވާ އަންހެނަކާއި ކައިވެނިކުރެވިއްޖެނަމަ ނަތީޖާ ދައްކާނީ އަނެއްކޮޅަށެވެ. އިސާހިތަކު އޮންނާނީ ބަނގުރޫޓުވެ ދަރަނިވެރިވެސްވެފައެވެ. އެޙާލަތުގައި އަންހެން މީހާ ކުށްވެރި ނުކުރާށެވެ! ކުށްވެރިކުރަންޖެހޭނީ އެބާވަތުގެ އަންހެނަކާ ކައިވެނިކުރިކަމެވެ.  

ޒުވާނުންނަށް އަހުރެން ބުނެލަން އޮތީ އެކައުންޓަށް ވަރަށް ގިނަ ފައިސާ ޖަމާކުރެވުނީމާ ކައިވެނިކުރަން މަޑުކުރާ ގިނަ ޒުވާނުންނަށް ކައިވެންޏެއް ނުކުރެވެއެވެ. އަދި އެކައުންޓަށްވެސް އިތުރެއް ނުކުރެވެއެވެ. އެއީ ކުރިން ބުނިމަގުން އެތައް ބައިވަރު ގޮތްގޮތަށް ޚަރަދުކުރެވޭތީއެވެ. އެތައް ބައިވަރު އަންހެނުންނަށް ޚަރަދުކުރެވޭތީއެވެ.  

ވީމާ ތަނަވަސްކަން އިތުރުކުރަން ބޭނުންނަމަވެސް ހެޔޮލަފާ އަންހެނަކާއި އަވަހަށް ކައިވެނިކުރާށެވެ! ކައިވެނިކުރުމަށްފަހު ހިލޭ އަންހެނުންނަށް ޚަރަދުނުކޮށް ހަމައެކަނި އަނބިމީހާއަށް ޚަރަދުކުރާށެވެ! މާއަވަހަށް މާގިނަ ފައިސާ ޖަމާކުރެވޭނެއެވެ. އިން ޝާ ﷲ  

އެގޮތަށް އެކަން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ދެމަފިރިންގެ ދިރިއުޅުމުގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވުން ހިމެނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން