ރުޤްޔާ ކުރަން ޚަރަދުކުރާނެ ތަނަވަސްކަންނެތިގެން ކަންބޮޑުނުވާށެވެ! 7 އުޑުމަތިން ޖިބްރީލްގެފާނު ގެނެސްދެއްވެވި ރުޤްޔާއާ ރަސޫލް ޞޢޥ ކުރެއްވެވި ރުޤްޔާ އަމިއްލައަށްވެސް ކުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 15ސ
ރުޤްޔާ ކުރަން ޚަރަދުކުރާނެ ތަނަވަސްކަންނެތިގެން ކަންބޮޑުނުވާށެވެ! 7 އުޑުމަތިން ޖިބްރީލްގެފާނު ގެނެސްދެއްވެވި ރުޤްޔާއާ ރަސޫލް ޞޢޥ ކުރެއްވެވި ރުޤްޔާ އަމިއްލައަށްވެސް ކުރެވޭނެ! އިން ޝާ ﷲ

ރުޤްޔާ ކުރުމާއިބެހޭ ގޮތުން ލިޔެވޭ ލިޔުންތަކާއި ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުމަކަށްވަނީ ރުޤްޔާކުރަން ކިތަންމެ ބޮޑަށް ބޭނުންވެގެން ތިބިނަމަވެސް އެކަމަށް ކުރަންޖެހޭ ހޭދައިގެ ބޮޑުކަމާއި ޚަރަދުކުރާނެ ތަނަވަސްކަން އަތުގައި ނެތުމެވެ.  

ގިނަ ބައެއްގެ ކިބައިން މި މައްސަލަ ކުރިމަތިވާތީ ދަންނަވަމެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ. އެލިޔުމުގައި އެވަނީ އެންމެ ފައިދާހުރި ރުޤްޔާއެވެ. އަމިއްލައަށް ކުރެއްވޭނެއެވެ. ޙަޤީޤަތުގައި ރުޤްޔާ ކުރުމަކީ ޖެހިފައިވާ ކަމަކުން ސަލާމަތްކޮށްދެއްވެވުން އެދި ﷲ ތަޢަލާގެ ޙަޟްރަތުގައި ދަންނަވާ ދެންނެވުމެކެވެ. އެމީހެއްގެ ކަމެއްގައި ފުރަތަމަ ދަންނަވްންވީވެސް އެމީހެކެވެ. އިން ޝާ ﷲ. ޢިޖާބަކުރައްވަވައި ޝިފާ ދެއްވަވާނެތެވެ.  

ލިޔުން އެކުގައި ވިދާޅުވުން މުހިންމު! ސާފުވެލައްވާނީ އެއިރުން! އިން ޝާ ﷲ  

ރުޤްޔާ ކުރުމުގެ ޙުކުމާއި ބެހޭ ގޮތުން ބައެއް މީހުން ސުވާލު އުފައްދައެވެ. އެފަދަ މީހުން ތިރީގައިވާ ލިޔުން ކިޔައިލާށެވެ. އެއިރުން ޝައްކުތައް ފިލައިގެންދާނެއެވެ. އިން ޝާ ﷲ

1- ރަސޫލް () އާލާސްކަންފުޅާ އުޅުއްވިއިރު ޖިބްރީލުގެފާނު އެކަލޭގެފާނަށް، ފެނަށް ރުޤްޔާކުރެއްވެވިއެވެ. 

އެއީ އަންނަނިވި ބަސްފުޅުންނެވެ.  

(بِاسْمِ اللَّهِ أَرْقِيكَ، مِنْ كُلِّ شَىْءٍ يُؤْذِيكَ، مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ، بِاسْمِ اللَّهِ أَرْقِيكَ.( 

މާނައީ: "ﷲގެ އިސްމުފުޅުން ކަލޭގެފާނަށް ރުޤްޔާކުރަމެވެ. ކަލޭގެފާނަށް އުނދަގޫފުޅުވާ ކޮންމެ ކަމަކުންނެވެ. ކޮންމެ ނަފްސެއްގެ ނުބައިކަމުންނެވެ. ނުވަތަ ޙަސަދަވެރިލޮލެއްގެ ނުބައިކަމުންނެވެ. ﷲ ކަލޭގެފާނަށް ޝިފާދެއްވާނދޭވެ. ﷲގެ އިސްމުފުޅުން ކަލޭގެފާނު ރުޤްޔާކުރައްވަމެވެ. 

(މިފަދައިން ތިންފަހަރުއެވެ.) އަދި މިއީ ޝަރުޢުކުރެވިގެންވާ ފައިދާކުރުވަނިވި ރުޤްޔާއެކެވެ. 

)ސިޙުރާއި އެސްފީނާ އަދި ކޮންމެ ކަމަކަށްވެސް މި ރުޤްޔާ ކުރެވޭނެއެވެ. ( 

2- ހަމަކަށަވަރުން ރަސޫލް () ބައެއް ބަލިމީހުންނަށް އަންނަނިވި ބަސްފުޅުން ރުޤްޔާކުރެއްވެވިއެވެ.  

(اللَّهُمَّ رَبَّ النَّاسِ أَذْهِبْ الْبَاسَ اشْفِهِ وَأَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا) 

[صحيح البخاري الطب (5418),صحيح مسلم السلام (2191),سنن ابن ماجه الطب (3520),مسند أحمد بن حنبل (6/126)] 

މާނައީ: "އޭ މީސްތަކުންގެ ރައްބެވެ. ބަލިގެންދަވާފާނދޭވެ. އަދި އޭނާއަށް ޝިފާދެއްވަވާނދޭއެވެ. އިބައިލާހުދެއްވާ ޝިފާ ނޫނީ ޝިފާއެއްނުވެއެވެ. އިބައިލާހަކީ ޝިފާދެއްވާފަރާތެވެ. އެޝިފާއަކަށްފަހު ބަލިކަމެއް ދޫނުކުރާނެ ޝިފާއެކެވެ." 

ތިރީގައިވާ ލިޔުން ވިދާޅުވާށެވެ!  

މުސްލިމަކަށް [ޤުރުއާނާއި އެކިއެކި ދުޢާތައް] ކިޔައިގެން އަދި ފެނަށް ފުމެގެން އޭނާގެ އަމިއްލަ ނަފްސަށް ފަރުވާކުރެވިދާނެ ކަމާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ.  

ނަބިއްޔާ صلى الله عليه وسلم އަށް ބައްޔެއް އިޙުސާސްވެއްޖެނަމަ (قل هو الله أحد) ތިންފަހަރަށް އަދި ފަލަޤިއާއި ނާސް ސޫރަތް ތިންފަހަރަށް ވިދާޅުވެ އަތަށް ނަފަޘްކުރައްވައެވެ. 

(نفث ކުރުމަކީ: އަނގައިންފުމުމެވެ. التفل އާއި نفث ގެ ތަފާތަކީ التفل ކުރާއިރު ކުޅުއަންނާނެއެވެ. ނަމަވެސް نفث ކުރާއިރު ކުޅުއައުން އެއީ ލާޒިމުކަމެއްނޫނެވެ. އަދި نفخ ކުރާއިރު އެއްގޮތަކަށްވެސް ކުޅުނާންނާނެއެވެ. تاج العروس من جواهر القاموس ބައްލަވާށެވެ).  

އަދި ދެއަތުން ނިދާއިރު ކޮންމެ ފަހަރަކު ހަށިގަނޑުގައި އަތްފޯރާ ހިސާބުގައި އެކަލޭގެފާނު صلى الله عليه وسلم ގެ އަތްޕުޅު ފިރުމާލައްވައެވެ. އެއީ އެކަލޭގެފާނުގެ ބޮލުންފަށައިގެން މޫނުފުޅާއި މޭފުޅުގައެވެ. އެއީ ޞައްޙަ ޙަދީޘްގައި ޢާއިޝާ رضي الله عنها ޚަބަރުދެއްވާފައިވާގޮތުގައެވެ.   

(މިޘާލަކަށް މިވަނި ނަންބަރު އާޔަތެއް (2001) ފަހަރު އަދި އެނޫންވެސްއެވެ. 

ޝަރުޢީ ރުޤްޔާވަނީ ޤުރުއާނުންނާއި އަދި ޝަރުޢީ ދުޢާތަކުންނެވެ. އާޔަތެއް ނުވަތަ ދުޢާއެއްވިޔަސް ވަކި ޢަދަދަކަށް ކިޔުމަށް ކަނޑައެޅުމަށް ދަލީލެއް ބޭނުންވާނެއެވެ. އެކަމުގައި އަޅުގަނޑުމެންނަށް ދަލީލެއް އެނގިފައެއްނުވެއެވެ. ނަމަވެސް ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ދުޢާއެއްކުރައްވާނަމަ ބައެއްފަހަރު ތިންފަހަރު ތަކުރާރުކުރައްވަވައެވެ.  

ފަހެ ޢާއިޝަ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ހަމަކަށަވަރުން ނަބިއްޔާ  صلى الله عليه وسلم ކޮންމެ ރެއަކުވެސް ތަންމަތީގައި އޮށޯވެ ދެއަތްޕުޅު ޖަމާކުރެއްވުމަށްފަހު އެއަށް  نَفَث(1) ކުރައްވައެވެ. ފަހެ ( قل هو الله أحد ) ( قل أعوذ برب الفلق ) ( قل أعوذ برب الناس ) އެއަށް ކިޔުއްވައެވެ. އެއަށްފަހު ވީވަރަކުން ހަށިގަނޑުގައި ދެއަތް ހިންގަވާލައްވައެވެ. ފައްޓަވަނީ ބޮލުންނާއި މޫނުންނެވެ. އަދި ހަށިގަނޑުގެ ކުރިމަތީގައިވާ ގުނަވަންތަކުންނެވެ. [ އެބަހީ: މެއާއި ބަނޑުފަދަ ގުނަވަންތަކުންނެވެ.]  އެފަދައިން ތިންފަހަރު ކުރައްވައެވެ. 

ސުޢޫދީ ޢަރަބިއްޔާގެ ޢިލްމީ ދިރާސާތައްކޮށް ފަތުވާދޭ ދާއިމީ ކޮމިޓީ

بكر أبو زيد ، صالح الفوزان ، عبد الله بن غديان ، عبد العزيز آل الشيخ ، عبد العزيز بن عبد الله بن باز.

الجزء رقم : 1، الصفحة رقم: 210) 

އަދި ރަސޫލް () އާލާސްކަންފުޅާ އުޅުއްވިއިރު ޖިބްރީލުގެފާނު އެކަލޭގެފާނަށް، ފެނަށް ރުޤްޔާކުރެއްވެވިއެވެ. 

އެއީ އަންނަނިވި ބަސްފުޅުންނެވެ. ((بِاسْمِ اللَّهِ أَرْقِيكَ، مِنْ كُلِّ شَىْءٍ يُؤْذِيكَ، مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ، بِاسْمِ اللَّهِ أَرْقِيكَ.)) 

މާނައީ: "ﷲގެ އިސްމުފުޅުން ކަލޭގެފާނަށް ރުޤްޔާކުރަމެވެ. ކަލޭގެފާނަށް އުނދަގޫފުޅުވާ ކޮންމެ ކަމަކުންނެވެ. ކޮންމެ ނަފްސެއްގެ ނުބައިކަމުންނެވެ. ނުވަތަ ޙަސަދަވެރިލޮލެއްގެ ނުބައިކަމުންނެވެ. ﷲ ކަލޭގެފާނަށް ޝިފާދެއްވާނދޭވެ. ﷲގެ އިސްމުފުޅުން ކަލޭގެފާނު ރުޤްޔާކުރައްވަމެވެ.”(މިފަދައިން ތިންފަހަރުއެވެ.) އަދި މިއީ ޝަރުޢުކުރެވިގެންވާ ފައިދާކުރުވަނިވި ރުޤްޔާއެކެވެ. 

އަދިވެސް އެކަލޭގެފާނު صلى الله عليه وسلم ޘާބިތު އިބްނު ޤައިސް رضي الله عنه އަށް ފެނަށް ކިޔެވިއެވެ. އަދި އެކަލޭގެފާނުގެ މައްޗަށް އޮއްސާލުމަށް އަމުރުކުރެއްވިއެވެ. އެއީ ޙަސަން ދަރަޖައަށްދާ ސަނަދަކުން އަބޫ ދާވޫދު ރިވާކުރައްވާފައިވާ ފަދައިންނެވެ އަދި މިނޫނަސްވެސް އެހެން ވައްތަރުތަކުގެ ރުޤްޔާވެސް އެކަލޭގެފާނު  صلى الله عليه وسلم ގެ ދުވަސްވަރު ހިނގާފައިވެއެވެ. 

އޭގެ ތެރޭގައި ހަމަކަށަވަރުން އެކަލޭގެފާނު ބައެއް ބަލިމީހުންނަށް އަންނަނިވި ބަސްފުޅުން ރުޤްޔާކުރެއްވިއެވެ.  

((اللَّهُمَّ رَبَّ النَّاسِ أَذْهِبْ الْبَاسَ اشْفِهِ وَأَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا)) [صحيح البخاري الطب (5418),صحيح مسلم السلام (2191),سنن ابن ماجه الطب (3520),مسند أحمد بن حنبل (6/126)] 

މާނައީ: "އޭ މީސްތަކުންގެ ރައްބެވެ. ބަލިގެންދަވާފާނދޭވެ. އަދި އޭނާއަށް ޝިފާދެއްވަވާނދޭއެވެ. އިބައިލާހުދެއްވާ ޝިފާ ނޫނީ ޝިފާއެއްނުވެއެވެ. އިބައިލާހަކީ ޝިފާދެއްވާފަރާތެވެ. އެޝިފާއަކަށްފަހު ބަލިކަމެއް ދޫނުކުރާނެ ޝިފާއެކެވެ."

 

- މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން