ޤުރްއާން ކިޔަން ދަރިން ބޭތިއްބުމަކުން ނުފުދޭނެ! މިއަދަބުތަކަށް ރައްކައުތެރިވާން ދަސްކޮށްދޭންޖެހޭނެ!

ކިޔުމަށް ހޭދަވާނީ 1މ 46ސ
ޤުރްއާން ކިޔަން ދަރިން ބޭތިއްބުމަކުން ނުފުދޭނެ! މިއަދަބުތަކަށް ރައްކައުތެރިވާން ދަސްކޮށްދޭންޖެހޭނެ!

ޢާއިޝަތު ރަފާޙް ޢަލީ

 

ބައެއް ބެލެނިވެރިން ދަރިންގާތު ޤުރްއާން ކިޔަވަން ބުނެ ކިޔަވަން ބައިތިއްބައެވެ. އެކަމަކު އެކުދިންގެ ކިޔެވުމަށް ސަމާލުކަންދޭމިންވަރުވެސް އޮންނަނީ ބަލައި ނުލެވިފައެވެ. އެގޮތަށް އެކަން ނުކުރާށެވެ. ކިޔަވަން ބެއިންދުމަކުން އަދި ނުފުދެއެވެ.  

ކީރިތި ގުރްއާނަކީ މާތް ﷲ ގެ ކަލާމްފުޅެވެ. އަދި އެ ފޮތަކީ މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ޖިބްރީލްގެފާނު މެދުވެރި ކުރައްވާ ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމް ގެ މައްޗަށް ބާވައިލައްވާފައިވާ ﷲ ގެ ކަލާމްފުޅެވެ. އެފޮތް ކިޔެވުމަކީ އެންމެ ގިނައިން ޘަވާބު ދެއްވަވާ އެއް އަޅުކަމެވެ.  

އެގޮތުން މި ލިޔުމުގެ ތިރީގައި މި ބަޔާން ކޮށްލަނީ ކީރިތި ގުރްއާން ކިޔެވުމުގައި ގެންގުޅެންވާނެ ބައެއް އަދަބުތަކެވެ.

·      ހަދަޘްވެރިކަމުން ތާހިރުވުން

·      ކީރިތި ގުރްއާން ކިޔަވަން ފެށުމުގެ ކުރީން ސިވާކު ބޭނުން ކުރުން

·      ކީރިތި ގުރްއާން ކިޔަވަން ފެށުމުގެ ކުރީން ޢަޢޫޛު ކިޔުން

·      ބިސްމި ކިޔުން

·      ރިވެތިކޮށް ކިޔެވުން

·      އާޔަތްތަކުގެ މާނައަށް ވިސްނައިގެން ކިޔެވުން

·      ޚުޝޫޢަތްތެރިކަމާއެކު ކިޔެވުން

·      ކީރިތި ގުރްއާން ކިޔަވާއިރު ތަޖުވީދުގެ ހުކުމްތަކަށް ވިސްނައިގެން ކިޔެވުން

·      ކީރިތި ގުރްއާނުގެ އާޔަތްތަކަށް ޢަމަލުކުރުމަށް މަސައްކަތް ކުރުން

·      ފާފަތަކުން ދުރުވުމަށް މަސައްކަތް ކުރުން  

ދަރިން ގޭގައި ޤުރްއާން ކިޔަވާނަމަ މިކަންކަން އެކުދިންނަށް ދަސްކޮށްދީ މިއާދަތަކުގައި ހިހައްޓަން ބާރުއަޅާށެވެ. ބައެއް ކުދިން ގާތުގައި ރޭގަނޑު ވަކި ސޫރަތެއް ނުވަތަ ސޫރަތެއް ކިޔަވަން ބުނީމާ އަވަހަށް ނިންމާލުމަށްޓަކައި ވަރަށް އަވަސް އަވހަށްވެސް ކިޔަވާނެއެވެ. އެގޮތަށް އަވަސް އަރުވާލައިގެން ކިޔަވާނަމަ މިއަދަބުތައް ހިފަހައްޓައިގެން ކިޔަވަން ހަނދާންކޮށްދޭންވާނެއެވެ.  

ދަރިންނަށް އެގޮތަށް ކިޔަވަން އާދަކޮށްދެވިއްޖެނަމަ ބޮޑުވުމުންވެސް އެކުދިންނަށް އެކަމުގެ ފައިދާ ކުރާނެއެވެ.

 

 

 

މިއަދު އޮންލައިން