ހަނދުމަކޮށްދިނުމެއް!: މިހާ ފަސޭހައިން ތިބާއަށްހުރި ހެޔޮކަމުން އުޑާއި ބިމާއި ދެމެދު ފުރާލައި މީޒާން ފުރާލަން ފުރުޞަތު އޮތްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ހަނދުމަކޮށްދިނުމެއް!: މިހާ ފަސޭހައިން ތިބާއަށްހުރި ހެޔޮކަމުން އުޑާއި ބިމާއި ދެމެދު ފުރާލައި މީޒާން ފުރާލަން ފުރުޞަތު އޮތްކަން އެނގޭތަ؟

މުސްލިމުންނަށް އޮތް އެންމެ މުހިންމު ކަމަކީ ޤިޔާމަތް ދުވަހު އެމީހެއްގެ ޢަމަލުތައް މީޒާނުގައި ކިރައިލެވޭހިނދު މީޒާން އެމީހެއްގެ ކޮޅަށް ބުރަވުމެވެ. އަދި ކީއްހެއްޔެވެ؟ ބުރަވި ވަރަކަށް އެމީހަކަށް ސުވަރުގެއިން ދެއްވަވާ ދަރަޖަ އުފުލިގެންދާނެއެވެ. އިން ޝާ ﷲ 

ޙަދީޘްފުޅުގައި އޮތީ މިފަދައިންނެވެ. 

وعن أبي مالك الأشعري رضي الله عنه قال‏:‏ قال رسول الله صلى الله عليه وسلم‏:‏ ‏ "‏الطهور شطر الإيمان، والحمد لله تملأ الميزان، وسبحان الله، والحمد لله تملآن -أو تملأ- ما بين السماوات والأرض‏"‏ ‏(‏‏(‏رواه مسلم‏)‏‏)‏‏.‏ 

މާނައީ: "ސާފުތާހިރު ކަމަކީ އީމާންތެރިކަމުގެ ދެބައިކުޅަ އެއްބައެވެ. الحمد لله ކިޔުމަކީ މީޒާން ފުރައިލެވިގެންދާނެ ކަމެކެވެ.  سبحان الله، الحمد لله ކިޔުމަކީ އުޑާއި ބިމާއި ދެމެދު ފުރިގެންދާނެ ކަމެކެވެ." 

މިއީ އުޑާއި ބިމާއި ދެމެދު ފުރާލައި މީޒާން ފުރާލަން ކުރަން ކިހައި ފަސޭހަ ޢަމަލެއް ހެއްޔެވެ؟ ޛިކުރުކުރުން ގިނަކުރާށެވެ! ކޮންމެ ކަމެއްގައި މަސްއޫލުވެގެން އުޅުނަސް ވަޤުތުވާ ވަރަކުން މިފަދަ ލުއިފަސޭހަ މަގުން ޛިކުރުކުރަމުން ގެންދާށެވެ. އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު އޮއްސަވާނެތެވެ. އިން ޝާ ﷲ

 

މިއަދު އޮންލައިން