އެންމެ ގާތް މީހުންގެ ކިބައިން ހިތްދަތިކަން ލިބުމަށްވުރެ ބޮޑު އަނިޔާއެއް ހަމައެކަކަށްވެސް ނޯންނާނެ! އަނިޔާވެރިންގެ ހުޅީގަ ހިއްޕަވާ ދުވަސް ލަހެއް ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
އެންމެ ގާތް މީހުންގެ ކިބައިން ހިތްދަތިކަން ލިބުމަށްވުރެ ބޮޑު އަނިޔާއެއް ހަމައެކަކަށްވެސް ނޯންނާނެ! އަނިޔާވެރިންގެ ހުޅީގަ ހިއްޕަވާ ދުވަސް ލަހެއް ނުވާނެ!: މުފްތީ މެންކް

އެންމެ ފުރަތަމަވެސް ވިސްނަިލަންވީ މިކަމަށެވެ! ހިތްދަތިޙާލުގައި އުޅެންޖެހޭ މީހުންނަށް ﷲ ތަޢާލާ ދެއްވަވާފައިވަނީ ވަރަށް އުފާވެރި ޚަބަރެކެވެ. އެއީ ހިތްދަތިކަމާއިއެކު އުފާވެރިކަންވެސްވާނެކަމާއި އެކަމުގެ ވަޤުތުޖެހުމުން އުފާވެރިކަން އެމީހަކާއި ބައްދަލުކުރާނެ ކަމެވެ. އެއިގެ ބަދަލުގައި އަނިޔާވެރިންނަށް އޮތީ ބިރުވެރި އިންޒާރުގެ ބަސްފުޅުތަކެވެ،

ހިތްދަތިކަން ލިބޭނަމަ ކަންބޮޑުވެވޭނެއެވެ. މައްސަލައަކީ ކިތަންމެ ވަރަކަށް ކަންބޮޑުވި ނަމަވެސް ކުރެވޭނެ ކަމެއް ނެތްކަމެވެ. އެންމެ ގާތް މީހުންނާއި އެހެން މީހުންގެ ކިބައިންވެސް ހިތްދަތިކަން ނުލިބިއެއް ނުދާނެއެވެ. ހިތްދަތިކަން ލިބޭނެއެވެ. ދާނީވެސް ލިބެމުންނެވެ.

ވީމާ އެކަމާއި އެހައި ބޮޑަށް ކަންބޮޑުނުވާށެވެ! ﷲ ތަޢާލާ ތިބާގެ ކަންބޮޑުވުންތަކަށް ޙައްލު ދެއްވަވާނެތެވެ! ޝިފާ ދެއްވަވާނެތެވެ! އެކަން ހިންމަވައި ދެއްވެވޭނެ ހަމައެކަނި ފަރާތަކީވެސް ހަމަ ﷲ ތަޢާލާއެވެ! ވީމާ ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދެން ކުރަންހުރި ކަންކަން ކުރަމުން ގެންދާށެވެ.

ކޮންމެ މީހަކަށްވެސް އެންމެ ބޮޑު އަނިޔާއަކަށްވަނީ މީސްތަކުންގެ ކިބައިން ލިބޭ ހިތްދަތިކަމެވެ. ޚާއްޞަކޮށް އެންމެ ގާތް މީހުންގެ ކިބައިން ހިތްދަތިކަންލިބޭނަމައެވެ. ބައިވެރިޔާގެ ކިބައިންނެވެ. ދަރިންގެ ކިބައިންނެވެ. އަޚުންނާއި އުޚުތުންގެ ކިބައިންނެވެ. އަދި މައިންބަފައިންގެ ކިބައިން ލިބުނު ނަމަވެސް މެއެވެ.

މާޔޫސްނުވާށެވެ! ހިތްވަރުގަދަކުރާށެވެ! ހިތްދަތިޙާލުގައިވެސް ކުރިއަށްދާން މަސައްކަތްކުރާށެވެ! ކެތްތެރިވެ ﷲ ތަޢާލާއަށް ވަކީލުކުރާ މީހުންނަށް މަގުދައްކަވައިދެއްވަވާނެތެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން