ސްޓެލްކޯގެ ހިމަންދޫ މުވައްޒިފުން ފަލަސްޠީނަށް އެހީވުމަށް ބޮޑު ހޭދައެއް ކޮށްފި! އިސްނެގީވެސް ސްޓެލްކޯގެ މުވައްޒިފުން!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ސްޓެލްކޯގެ ހިމަންދޫ މުވައްޒިފުން ފަލަސްޠީނަށް އެހީވުމަށް ބޮޑު ހޭދައެއް ކޮށްފި! އިސްނެގީވެސް ސްޓެލްކޯގެ މުވައްޒިފުން!

އއ. ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާއެކު، ހިމަންދޫ ކައުންސިލް، ސަރުކާރުގެ މުއައްސަސާތައް އަދި ކްލަބް ޖަމްޢިއްޔާތަކާ ގުޅިގެން، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި "ހެލްޕް ޣައްޒާ - ދިވެހިން ހަނދާނެއް ނުނެތޭ" ގެ ނަމުގައި ހިންގުނު ޚައިރާތީ ހަރަކާތުން ޖުމްލަ 260,800 ރުފިޔާ (ދެލައްކަ ފަސްދޮޅަސްހާސް އަށްސަތޭކަ ރުފިޔާ) ވަނީ އެއްކުރެވިފައެވެ.

މީގެ ތެރެއިން 126,560 ރުފިޔާ (އެއްލައްކަ ސައްބީސްހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ) އަކީ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާއެވެ. މިފަދަ އިޖްތިމާޢީ ޚިދުމަތުގެ މަސައްކަތްތަކުގައި މި ކުންފުނީގެ މުވައްޒަފުން ޢަމަލީގޮތުން ދައްކަމުންދާ ނަމޫނާއަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވެ، އެ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.  

މިއަދު އޮންލައިން