އެމްޕީއެލްގެ އެމްޑީ އަދި ބޯޑު ޑިރެކްޓަރުކަމަށް ރިޝްވާން އައްޔަންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
އެމްޕީއެލްގެ އެމްޑީ އަދި ބޯޑު ޑިރެކްޓަރުކަމަށް ރިޝްވާން އައްޔަންކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު އަދި ބޯޑު ޑިރެކްޓަރުކަމުގެ މަޤާމަށް ހ. ހަބަރުގެ، މުޙައްމަދު ރިޝްވާން އައްޔަންކުރައްވައިފިއެވެ. މި އައްޔަންކުރެއްވުމަކީ ކުރީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ވަޖީހު އިބްރާހީމް މަޤާމުން ވަކިކުރެއްވުމާ ގުޅިގެން އައި ބަދަލެކެވެ.

އައު މެނޭޖިން ޑިރެކްޓަރު ރިޝްވާނަކީ ދިވެހި ސަރުކާރުގެ އެކި މުއައްސަސާތަކުގައި އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެންމެ ފަހުން އޭނާ ހުންނެވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމުގައެވެ.

ރިޝްވާންގެ ކެރިއަރުގައި ފާހަގަކޮށްލެވޭ އެއް ޚިދުމަތަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި އަދާކުރެއްވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމެވެ. މި މަޤާމުން އޭނާ އިސްތިއުފާ ދެއްވާފައިވަނީ 2011 ވަނަ އަހަރުގެ ޖުލައި 12 ވަނަ ދުވަހުއެވެ. މީގެ އިތުރުން ދިވެހި ސިފައިންގެ ޚިދުމަތުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވެއެވެ.

އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމުގައި ހުންނެވިއިރު، ރިޝްވާން ވަނީ އެ މުއައްސަސާގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މި ތަޖުރިބާއާއެކު، އެމްޕީއެލްގެ ކުރިއެރުމަށް އޭނާގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން