ސަޢޫދީން ހަދިޔާކުރި ކަދުރާގުޅޭ ތަފާސް ހިސާބު އާންމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 33ސ
ސަޢޫދީން ހަދިޔާކުރި ކަދުރާގުޅޭ ތަފާސް ހިސާބު އާންމުކޮށްފި

1446 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރާއި ގުޅޭ ތަފާސް ހިސާބުތައް އާއްމުކޮށްފިއެވެ. 

އެގޮތުން މާލެ ސަރަހައްދަށް ދޫކުރަން ކަނޑައެޅި އަދަދަށް ކަދުރު ދޫކުރުން ނިމިފައިވާއިރު މާލެ ހުޅުމާލެ އަދި ވިލިމާލެއަށް 11375 ޕެކެޓު ކަދުރު ބެހިފައިވެއެވެ. އެއީ 46،251 ގޭބިސީއަށް ވާ ކަދުރެވެ. 

މީގެ އިތުރުން ކައުންސިލްތަކަށް ވަނީ 56461 ގޭބިސީއަށްވާ 10788 ޕެކެޓު ދޫކޮށްފައެވެ. 

މިއާއެކު މިހާތަނަށް ދޫކުރި ޖުމްލަ ކަދުރު ޕެކެޓުގެ އަދަދަކީ 22163 އެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ފަހުގެ ތާރީހެއްގަައި ރަމަޟާން މަހުގެ ކުރިން ސަޢުދީއިން ހަދިޔާކުރި ކަދުރު ބަހާ ނިމުން ފަހަރުކަން ފާހަގަކޮށްލެވެ.

 

މިއަދު އޮންލައިން