ދީނުގެ އެއްވެސް ކަމެއް އޮޅުން ނުފިލާނަމަ ސުވާލުކުރަން ލަދުނުގަންނާށެވެ. އެންމެންނަކަށް ހުރިހާ ކަމެއް ނުއެނގޭނެއެވެ. ކޮންމެ މީހަކަށްވެސް ދަސްކުރަންޖެހޭނެ ކަންތައްތަކެއް ހުންނާނެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ލަދުވެތިވާންޖެހޭނީވެސް ދެރަވާންޖެހޭނީވެސް އޮޅުންފިލުވަން މަސައްކަތްނުކޮށް ހުރުމުންނެވެ.
ބައެއް ސުވާލުތަކާއި ގުޅިގެން ތިއައީ ހަމަ ކުރާވަރުގެ ސުވާލެއްތޯވެސް އެބަ ސުވާލުކުރެއެވެ. އެމީހުންނަށް ބުނެލަން އޮތީ ސުވާލު އެކުރަނީ ކުރާ މީހާއަށް އެއީ ކުރާވަރުގެ ސުވާލަކަށްވާތީއެވެ. ރަނގަޅު ގޮތް ނުވަތަ ޢަމަލުކުރަންވީ ގޮތް އޮޅުންފިލުވުމަށެވެ.
ދެމަފިރިއަކު އެއްދާންކޮށް (ޖިމާޢުވެ) ނިމުނުތަނުންވެސް އެބަ ޙައިޟްވެއެވެ. އެޙާލަތުގައި ޖުނުބުގެ ހިނެއުން ހިނައިގަންނަން ޖެހޭނެތޯ ހައިޟުވެފަ ހުއްޓަސް. ނުވަތަ ހައިޟު ރަނގަޅުވީމަތޯ ހިނައިގަންނާނީ؟
ޖަވާބަކީ ހައިޟުވެފައި ހުއްޓަސްވެސް ޖުނުބުގެ ހިނެއުން ހިނައިގަންނަންވާނެއެވެ.
ޖުނުބުވެރިވުމުން ހިނައިގަތުމަކީ އެމީހަކަށް ﷲ ތަޢާލާ އިޚްތިޔާރު ދެއްވަވާފައިވާ ކަމެކެވެ. އެހެނަސް ޙައިޟް، ނިފާސް ކަމުން ޠޯހިރުވެވޭނީ އެޙާލަތުން އެމީހަކު ﷲ ތަޢާލާ ސަލާމަތްކުރައްވަވައި ދެއްވެވުމުންނެވެ.
އިތުރު ސުވާލެއް:
ސުވާލު:. އަޅުގަނޑުގެ ސުވާލަކީ ޕީރިއަޑް ވެފަ ހުއްޓާ އެސްފީނާ އަށް ފެން އެޅިދާނެތޯ؟ އަދި ފެނަށް ކިޔަވާފަ އެ ފެން ބޮވިދާނެތޯ؟
ޖަވާބު:. ލައްބަ
ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް