ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށް ލެގިލެވޭ މުސައްލައެއް ލިބޭ މިއަދުގެ ސުވާލު!: ޝަޢުބާން މަހަށް އެންމެ ޚާއްޞަ އަޅުކަމަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށް ލެގިލެވޭ މުސައްލައެއް ލިބޭ މިއަދުގެ ސުވާލު!: ޝަޢުބާން މަހަށް އެންމެ ޚާއްޞަ އަޅުކަމަކީ ކޮބާ؟

ބަރަކާތްތެރި ރަމަޟާން މަސް ވަރަށް ކައިރިވެފައި އޮތުމުން މިހުޅުވާލަނީ ރަމަޟާންމަހަށް ޚާއްޞަ ފުރުޞަތެކެވެ. އަންހެނުން ގޭގައި ތިބެ އަޅުކަންކުރަން ގިނަ ވަޤުތު ހޭދަކުރާއިރުވެސް ފިރިހެނުން މިސްކިތުގައި  ގިނައިރު ތިބޭއިރުވެސް ލެގިލައިގެން އިނދެވޭނެ މުސައްލައެއް ހަމަ ހިލޭ ހޯއްދެވުމުގެ ފުރުޞަތެކެވެ. ކޮށްލަދެއްވަން އޮތް ކަމަކީ ތިރީގައިވާ ސުވާލަށް ޖަވާބެއް ފޭސްބުކްގައި ދެއްވުމެވެ.  

މިއަދުގެ ސުވާލު:

ޝަޢުބާން މަހަށް (ސުންނަތުން އެނގެން އޮތް) އެންމެ ޚާއްޞަ އަޅުކަމަކީ ކޮބާ؟ 

އެހީ:

ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ގިނައިން ސުންނަތް ރޯދަ ހިއްޕެވީ ޝަޢްބާން މަހުގައެވެ. 

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ.

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ. ސުވާލުގެ ތިރީގައި ޝާއިޢުވެސް ކުރެވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެލެއްވުން ވަރަށް ބޮޑަށް އެދެމެވެ.

 

މިއަދު އޮންލައިން