ދުނިޔެވެސް އަދި އާޚިރަތްވެސް ލިބެން އެދޭމީހާ ތިމާގެ މައްޗަށް ރުޅިއަށް ބާރު ހިންގިއަ ދީގެން ނުވާނެ! މަތަކުރެވެން ޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދުނިޔެވެސް އަދި އާޚިރަތްވެސް ލިބެން އެދޭމީހާ ތިމާގެ މައްޗަށް ރުޅިއަށް ބާރު ހިންގިއަ ދީގެން ނުވާނެ! މަތަކުރެވެން ޖެހޭނެ!: މުފްތީ މެންކް

ރުޅި އައުމަކީ އިންސާނުންގެ ކިބައިގައި ލައްވަވާފައިވާ ސިފައެކެވެ. ވީމާ ރުޅި އާދެވޭނެއެވެ. ދުނިޔޭގެ އުފާވެރިކަންވެސް އަދި ސުވަރުގެ ލިބުމަށް އެދޭމީހާއަށް އޮތީ ރުޅިއައުމުން ރުޅި ކޮންޓްރޯލް ކުރުމެވެ. ތިމާގެ މައްޗަށް ބާރު ހިންގުމުގެ ފުރުޞަތު ރުޅިއަށް ނުދިނުމެވެ. ރުޅީގެ މައްޗަށް ގަދަވެގަނެވޭ މީހަކަށް ތިމާވުމެވެ.

އެގޮތުން އަޢޫޛް ކިޔުން ވުޟޫކުރުން، ކޮޅަށް ހުރި ނަމަ އިށީނުން، އިށީނދެ އިންނަމަ އޮށޯތުން، ފެންފޮދެއް ބުއިން ފަދަ ކަންކަން ކުރުމަކީ ރުޅި ކޮންޓްރޯލްކުރެވޭ ކަންކަމެވެ.

ހަމައެއާއިއެކު އެކި މީހުންނަށް ރުޅި ކޮންޓްރޯލްކުރަން ކުރަންޖެހޭ ކަންކަން ތަފާތުވެދާނެއެވެ. އެއީއަކީވެސް މައްސަލައެއް ނޫނެވެ. މުހިންމު ކަމަކީ ކޮންމެ ގޮތަކުންނަމަވެސް ރުޅި ކޮންޓްރޯލްކުރުމެވެ. އައި ރުޅީގައި އެހެންމީހަކަށް އެއްވެސް ކަމެއް ނުކުރުމެވެ.

ކޮންމެ ގޮތަކުން ނަމަވެސް ރުޅި ކޮންޓްރޯލްކުރަންވީ ކީއްވެގެންހެއްޔެވެ؟ ޤިޔާމަތް ދުވަހު ﷲ ތަޢާލާ ތިބާއަށް ރަޙުމްކުރެއްވެވުން އެދިގެންނެވެ. އެއަށްވުރެ ބޮޑު ރަޙްމަތަކީ ކޮބައިހެއްޔެވެ؟

އަދިވެސް ވިސްނައިލާށެވެ. ތިބާއަށް ރުޅި އަންނަން ޖެހުނީ އެހެން މީހަކުކުރި ކުށަކުން ކަމަށްވާނަމަ އެމީހަކަށް ރުޅި ނުބާލައި މާފުކުރުމަކީ ތަޤްވާވެރިންގެ ސިފައެކެވެ. ތަޤްވާވެރިންނަށް ހުރީ ސުވަރުގެއެވެ.

މިކަންކަމަކީ ކީރިތި ޤުރްއާނުން އެނގެންހުރި ކަންކަމެވެ. ވީމާ ސުވަރުގެ އެދިގެން މިކުރާ މަސައްކަތުގައި މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ. ސުވަރުގެ ވައްދަވާ އަލަކު ކަމުގައ ވެވުމަށްވުރެ ފައިދާހުރިކަމެއް ނެތެއް ނޫންހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން