އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތަކާއި، ހިއްސާގެ ފައިދާ ލިބޭނެ ފަރާތްތަކުގެ މަޢުލޫމާތު އާންމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތަކާއި، ހިއްސާގެ ފައިދާ ލިބޭނެ ފަރާތްތަކުގެ މަޢުލޫމާތު އާންމުކޮށްފި

އުރީދޫ މޯލްޑިވްސްއިން 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތަކާއި، 2024 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނެ ފަރާތްތަކުގެ މަޢުލޫމާތު އާންމުކޮށްފިއެވެ.

މި އަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި ހިއްސާގެ ފައިދާ ލިބޭނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ 18 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ކުންފުނިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޖަލްސާގައި ބައިވެރިވާ ފަރާތްތަކަށް އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެއެވެ.

އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، 2025 ވަނަ އަހަރުގެ ފެބްރުއަރީ 22 ވާ ހޮނިހިރު ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި އާންމުކުރެވޭނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ. މީގެ އިތުރުން، ޖަލްސާ ބޭއްވޭނެ ތާރީޚާއި، ގަޑިއާއި، ތަނާއި، އެޖެންޑާ އައިޓަމްތަކާއި އަދި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތުތައްވެސް އެ ނޯޓިސްއާއެކު އާންމުކުރެވޭނެއެވެ.

މިއަދު އޮންލައިން