އެންމެ މީހެއްގެ ހިތަށް އަނިޔާކޮށްފައިވެސް، ދިރިއުޅުމަށް ދަތިކޮށްފައިވެސް އުފަލުގަ ހުރެވޭނެ ކަމަށް ހީވެސް ނުކުރާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އެންމެ މީހެއްގެ ހިތަށް އަނިޔާކޮށްފައިވެސް، ދިރިއުޅުމަށް ދަތިކޮށްފައިވެސް އުފަލުގަ ހުރެވޭނެ ކަމަށް ހީވެސް ނުކުރާތި!

އެންމެ ގިނައިން ލިބޭ އެއް ޝަކުވާއަކީ ތިމާއަށް އުފާވެރިކަން ނުލިބުމުގެ ޝަކުވާއެވެ. ހިތްދަތިކަމުގަ ދިރިއުލެންޖެހޭ ކަމުގެ ޝަކުވާއެވެ. މިޝަކުވާ އާއި ގުޅިގެން އަހުރެންވެސް ސުވާލެއް ކުރަން ބޭނުންވެއެވެ. އެސުވާލަކީ ތިބާ ކިތައް މީހުންގެ ހިތްދަތިކުރުވާފައިވާނެ ހެއްޔެވެ؟ 

އަހުރެން މިސުވާލުމިކުރަނީ ހަމައެކަނި ލޯބިވުމާއި ގުޅުވައިގެނެއް ނޫނެވެ. އެއްވެސް މީހެއްގެ ދިރިއުޅުން ދަތިކުރުވުމާއިވެސް ގުޅުވައިގެންނެވެ. 

މިކަމުގައި މިބުނި ދެބައި ގުޅިގެންދާ ހިސާބެއްވެސް އޮވެއެވެ. އެއީ ލޯބިވެގެން އުޅެ ކައިވެނިކޮށްފައި ދަރިން ލިބުމުން ލޯބިވުން ހުއްޓާލައި އަނބިމީހާގެ ބޮލަށް ދަރިންތައް ޖެހުމެވެ. އެއިރުން ހަމައެކަނި އަނބިމިހާގެ ހިތް ކަތިލެވެނީއެއް ނޫނެވެ. އަނބިމީހާގެ ދިރިއުޅުންވެސް ދަތިކުރެވެނީއެވެ. 

މިރޭވެސް މިބުނަނީއެވެ. ހަމަ އެންމެ މީހެއްގެވިޔަސް ހިތްކަތިލައި އަދި ދިރިއުޅުން ދަތިކޮށްފައި އެމީހަކަށް އުފާވެރިކަމުގައެއް ނުހުރެވޭނެއެވެ. އެމީހެއްގެ ދިރިއުޅުން ﷲ ތަޢާލާ ދަތިކުރައްވަވާނެއެވެ. ދަތިއުނދަގޫ ޙާލަތުކުރިމަތިކުރައްވަވާނެއެވެ. 

ހަމަ އެއާއިއެކު އުފާވެރި ޚަބަރުވެސް އެބައޮތެވެ. އެއީ އެހެން މީހަކަސް އުފާވެރިކަން ހޯދައިދީ ދިރިއުޅެން ފަސޭހަކޮށްދޭ މީހުންނަށް އޮތް ޚަބަރެކެވެ. އެއްވެސް މީހަކަށް އެހީތެރިވެދިނުންމަތީގައި މީހަކު ހުރިނަމަ އެމީހަކަސް އެހީތެރިވެވޮޑިގަތުންމަތީގައި ﷲ ތަޢާލާ ދެމިވޮޑިގެންވާނެ ކަމުގެ ޚަބަރެވެ. 

ވީމާ ލޯބީގެ ކުޅިގަނޑު ނިންމާލަންބޭނުންވެގެން ނިންމައިލިޔަސް އަނބިމިހާގެ ބޮލަށް ދަރިންތައް ޖަހައި ޚަރަދުނުކޮށް އޭނާގެ ދިރިއުޅުން ދަތިނުކުރުވާށެވެ! އެކަން ކޮށްފައި ހިތްހަމަޖެހިގެން ހުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ! 

- މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން