ދިރިއުޅުން ދަތިކުރަމުން މިގެންދަނީ އަމިއްލައަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ދިރިއުޅުން ދަތިކުރަމުން މިގެންދަނީ އަމިއްލައަށެވެ!

ކީރިތި ޤުރްޢާނަށް ބަލާށެވެ! އުނދަގުލީ ކޮން ކަމެއް ހެއްޔެވެ؟ ކައިވެނިކުރުން ވަނީ ފަސޭހަ ކުރައްވަވައިފައެވެ. ވަރިކުރުންވެސް ވަނީ ފަސޭހަކުރައްވަވައިފައެވެ. މައިންބަފައިންގެ މުދައު ބަހަންވީ ގޮތް ވަނީ އަންގަވައި ދެއްވަވައިފައެވެ. އަދި ކީއްހެއްޔެވެ؟ އެކަމަކުން މީސްތަކުންނަށް ޙަޤީޤީ ފައިދާއެއް ކުރާނެ ހުރިހާ ކަމެއްކުރުން އިސްލާމް ދީނުގައި ވަނީ ހުއްދަކުރައްވަވައިފައެވެ. 

ހަމަ އެއާއިއެކު ނަހީކުރައްވަވާފައިވަނީ އެކަމެއް ކުރުމުން އިންށާނުންނަށް ގެއްލުންހުރި ކަންކަމެވެ. ފަހަރެއްގައި ވަޤުތީ އުފާވެރިކަމެއް އިޙްޞާޞްކުރެވުނު ނަމަވެސް ފަހުން ލިބޭ ދެރަ މާބޮޑުވެގެންދާ ކަންކަމެވެ. 

މިޘާލަކަށް ޖުވާކުޅުމަކީ މީހާ ބަނގުރޫޓުވާ ކަމެކެވެ. ރިބާގެ ފައިސާ ބޭނުންކުރުމަކީ ދަރާވިކި ސަލާމަތް ނުވެވޭ ޙާލަތަށް ކަންކަން މެދުވެރިވާ ކަމެކެވެ. ފާޙިޝް ޢަމަލުކުރުމަކީ ދިރިއުޅުމަށް އެންމެ ގެއްލުންހުރި ކަންކަމުގެ ތެރެއިންވާ ކަމެއްގެ އިތުރުން ބޮޑެތި ބަލިތައް ޖެހެންމެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުމަކީވެސް މީހާގެ ދިރިއުޅުން ބަނގުރޫޓުވެ ޞިއްޙަތަށް އެންމެ ނުރައްކާވާ އެއްކަންތަކެވެ. މިހެންގޮސް ދީނުގައި ހުއްދަނުކުރައްވަވާ ކޮންމެ ކަމަކީވެސް އެކަމެއް ކުރުމުން ވަރަށް ބޮޑެތި ގެއްލުންތައް ލިބޭ ކަންކަމެވެ. 

ދެން ބަލައިލަންވީ މައުޟޫއަށެވެ. މުޅި ޤުރްޢާނަށް ބެލިނަމަވެސް އެނގިގެންދާނީ ﷲ ތަޢާލާއަށް ކިޔަމަންތެރި ނުވުމަކީ ދިރިއުޅުން ދަތި އުނދަގޫކަމަކަށް ބަދަލުކުރައްވަވާނެ ކަމެވެ. ވީމާ ދަތި އުނދަގޫ ޙާލަތުތަކުން ސަލާމަތްވެ ހުންނަން އެދޭމީހާ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ! އެމީހެއްގެ ދިރިއުޅުން ބާހަވެރިވެގެންދާނެތެވެ. އިން ޝާ ﷲ 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން