ކައިވެނިކުރަންވުމުން ބަލަންވީ ބޭންކުގަ ހުރި ޖަމާއަކަށް ނޫން! ކައިވެންޏަށްފަހު ﷲ ތަޢާލާއަށް ތެދުވެރިވެއްޖެނަމަ އިތުރުކޮށް ދެއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ކައިވެނިކުރަންވުމުން ބަލަންވީ ބޭންކުގަ ހުރި ޖަމާއަކަށް ނޫން! ކައިވެންޏަށްފަހު ﷲ ތަޢާލާއަށް ތެދުވެރިވެއްޖެނަމަ އިތުރުކޮށް ދެއްވަވާނެ!

ކައިވެނިކުރަން ބޭނުންވުމުން އަހުރެމެންގެ ތެރެއިން ގިނަބައަކަށް ބެލެނީ ބޭންކް އެކައުންޓަށް ޖަމާކުރެވިފައި ހުރި ވަރަށެވެ. ނަމަވެސް އަހުރެން ނުބަލަމެވެ. އަހުރެން ބެލީ ފާޙިޝް ޢަމަލެއް ނުކޮށް ރިވެތި ގޮތުގައި ދިރިއުޅުމަށެވެ.

އަހުރެން ކައިވެނިކުރީ ޢުމުރުން 18 އަހަރުގައެވެ. އެއިރު އަހުރެންގެ އެކައުންޓުގައި ހުރި ފައިސާގެ ޢަދަދަށް ބެލިނަމަ އަނބިމީހާ އަހުރެންނާއި ކައިވެނިވެސް ނުކުރީހެވެ. ކޮންމެއަކަސް 18 އަަހރުގައި ކައިވެނިކުރީއެވެ. ފުރަތަމަ ދަރިފުޅު ލިބުނީ 19 އަހަރުގައެވެ. އެދަރިފުޅާއިއެކުގައިވެސް ތަނަވަސްކަން އިތުރުކޮށްދެއްވެވިއެވެ. ދެންވެސް ލިބުނު ކޮންމެ ދަރިއަކާއިއެކުގައިވެސް ތަނަވަސްކަން އިތުރުކޮށްދެއްވެވިއެވެ.  

އެއްވެސް ޙާލެއްގައި މިބުނަނީ މިލިއަނުން ފައިސާ ލިބުނު ވާހަކައެއް ނޫނެވެ. މިބުނަނީ އަނބިދަރިން ގޮވައިގެން އުޅެވޭވަރަށް ތަނަވަސްކަން ދެއްވެވި ވާހަކައެވެ. އަނބިމީހާއަށް ކާންބޯންދީ ބެލެހެއްޓުމުގެ ކުލަދާނަކަން ހުރިނަމަ އަވަހަށް ކައިވެނިކުރަން މިބުނަނީ ހަމައެކަނި ދީނުގައި އެކަން އެގޮތަށް ކުރަން އޮތުމަކުންނޫނެވެ. އެއީ އެންމެ ފައިދާހުރި ގޮތްކަން އަމިއްލަ ޙަޔާތުގައިވެސް ތަޖުރިބާ ކުރެވިފައިވާތީއެވެ.

 

- ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން

މިއަދު އޮންލައިން