ގޭތެރޭގެ މަސައްކަތް ނުކުރާ، އަނބިންނަށް އެހީތެރިނުވާ ފިރިންނާއިމެދު ޝައިޚް އިބްން ޤުދާމާގެ ބަސްފުޅު އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ގޭތެރޭގެ މަސައްކަތް ނުކުރާ، އަނބިންނަށް އެހީތެރިނުވާ ފިރިންނާއިމެދު ޝައިޚް އިބްން ޤުދާމާގެ ބަސްފުޅު އެނގޭތަ؟

މިބަޔާންކުރަނީ ޝައިޚުލް އިސްލާމް އިބްނަ ޤުދާމާ ރަޙިމަހުﷲ މީގެ 600 އަހަރުކުރިން ވިދާޅުވެފައިވާ ބަސްފުޅެކެވެ. ވީމާ އަހުރެންގެ ބޮލުގައި އަންހެނުން މަތިވެރިކުރަން އުޅުމުގެ ތުހުމަތު ނުއަޅުވާށެވެ! 

އިބްން ޤުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވަނީ ގޭތެރޭގެ ކަންކަމުގައި އެމީހެއްގެ ދެއަތުން މަސައްކަތް ނުކުރާ ފިރިހެނުންވަނީ ބޮޑާ، ކިބުރުވެރި މީހުންގެ ތެރެއިން ކަމަށެވެ. 

މިބަސްފުޅުން އެނގެނީ ގޭތެރޭގެ ކަންކަމުގައި ފިރިހެނުންވެސް ބައިވެރިވެ އެހީތެރިވެދިނުމުގެ މުހިންމު ކަމެވެ. މިބަސްފުޅު ވިދާޅުވި ސަބަބެއް އަހުރެއް ނަކަށް ނުއެނގެއެވެ. ފަހަރެއްގައި ގޭތެރޭގެ ކަންކަމުގައި ފިރިހެނުން ބައިވެރިވެ އަނބިންނަށް އެހީތެރިވެދިނުމުގެ މުހިންކަން ފައުޅުކުރައްވަން ކަމަށްވެސް ވެދާނެއެވެ. 

މިބާވަތުގެ ފިރިހެނުން މިހާރުވެސް އެބަ އުޅެއެވެ. އެމީހުން ދެކެނީ ގޭތެރޭގެ ކަންކަމުގައި ބައިވެރިވެ އަނބިންނަށް އެހީތެރިވެދިނުމަކީ ފިރިހެނުންގެ އަގުވެއްޓޭނެ ނުވަތަ ފިރިހެނުންނަށް ކުރަންޖެހޭނެ ކަމެއް ނޫން ކަމަށެވެ. 

ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ސަބަބަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަނބިކަނބަލުންނަށް ކަންކަން ކޮށްވަވައި އެހީތެރިވެދެއްވަވައިފައެވެ. ވީމާ އެއީ ސުންނަތެކެވެ.

 

- މަޢުލޫމާތު: ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން

 

 

މިއަދު އޮންލައިން