ދަރިންނަށް ނަންކިޔުމުގަ ސަމާލުކަންދޭންވީ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދަރިންނަށް ނަންކިޔުމުގަ ސަމާލުކަންދޭންވީ ކަންތައް-

މިހާރަކަށް އައިސް ބަލިވެއިނުމާއިއެކު ފުރަތަމަވެސް މަސައްކަތްކުރާ އެކަމަކީ ކުއްޖާގެ ޖިންސް ދެނެގަތުމެވެ. ޖިންސް އެނގޭއިރަށް ކިޔާނެ ރީތި ނަމެއް ހޯދަން ފަށައެވެ. އެކި ބަސްތަކުގެ ނަންތައް ބަލަން ފަށައެވެ. އެއީ ޢާންމުކޮށް ނުކިޔާ، މަދު ރީތި ނަމެއް ކިޔަންބޭނުންވާތީއެވެ. 

ޢަރަބި ބަސް ނޫން ބަސްތަކުންވެސް ވަރަށް ރީތި ނަންތައް ފެންނާތީ ދަރިން ލިބުމުން ނަންކިޔަންޖެހޭނީ ވަކިބަހަކުންކަމާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. 

މިސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބަކީ "ދަރިންނަށް ވަކި ބަހަކުން ނަން ކިޔުމަކީ މަޖުބޫރު ކަމެއް ނޫނެވެ. ކޮންމެ ބަހަކުން ނަންކީ ނަމަވެސް މާނަ ރަނގަޅު ނަމަ މައްސަލައެއް ނެތް" ކަމަށެވެ. 

ﷲ ތަޢާލާ ޤިޔާމަތް ދުވަހު މީސްތަކުންނާއި މުޚާޠަބް ކުރައްވަވާނީ އެމީހަކަށް ދުނިޔޭގައި ކިޔައި އުޅުނު ނަމަކުންނެވެ. މާނައަކީ އެމީހަކަށް ﷲ ތަޢާލާ ގޮވައިލައްވަވާނީ އެމީހާގެ ބައްޕަގެ ނަން ވެސް ހިމެނޭ ގޮތަށް އެމީހަކަށް ކިޔައި އުޅުނު ނަމަކުންނެވެ. 

ޝައިޚް އިބްރާހީމް ފަރީދު ވިދާޅުވެފައިވެއެވެ. "ދަރިއަކު ލިބުމުން ރަނގަޅު ނަމެއް ކިޔުމާއި ތައުލީމްދީ ތަރުބިއްޔަތުކޮށް ބޮޑުކުރުމާއި ހެޔޮ ލަފާ، ތަޤްވާވެރި ފިރިއަކު ހޯދައި ދިނުމަކީ ބައްޕައިންގެ މައްޗަށް އޮތް ޙައްޤެކެވެ. މިކަންކަން ޙަދީޘްފުޅުތަކުން ސާބިތުވާނެއެވެ." 

މިފަދަ ސަބަބުތަކަށްޓަކައި މުސްލިމުންނަށް ކިޔައި އުޅޭ ރިވެތި، މަތިވެރި ނަންތަކުން ދަރިންނަށް ނަން ކިޔުމަށް ދީނީ ޢިލްމުވެރިން ބާރު އަޅުއްވަވައެވެ. 

"ފިރިހެންކުދިންނަށް އޮނަސައްތަ އިސްމުފުޅުގައި ހިމެނޭ ނަންފުޅުތަކާއި ޞަޙާބީންގެ ނަންފުޅުތަކާއި ރަސޫލް ބޭކަލުންނާއި ނަބީ ބޭކަލުންގެ ނަންފުޅުތަކުން ނަންކިޔުން ރަނގަޅެވެ. އަންހެން ދަރިންނަށް ރަސޫލް () ގެ އަނބިިއަނބިކަނބަލުންނާއި ޞަޙާބީ ބޭކަނބަލުންގެ ނަންފުޅުތައް ފަދަ ނަންފުޅުތަކުން ނަންކިޔާށެވެ." އަހަރެމެންނަށް ޢިލްމުވެރިންނަށް ދެއްވަވާ މިފަދަ ނަޞޭޙަތްތަކުގައި ހިފަހައްޓާށެވެ.  

މިއަދު އޮންލައިން