ޝަކުވާކުރާ އަނބިންނާ ޝަކުވާ ނުކުރާ އަނބިންގެ ތަފާތު އެނގޭނަމަ ބުރަވާނީ ޝަކުވާކުރާ އަނބިންގެ ކޮޅަށް! ފައިދާކުރާނީ އެއިރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޝަކުވާކުރާ އަނބިންނާ ޝަކުވާ ނުކުރާ އަނބިންގެ ތަފާތު އެނގޭނަމަ ބުރަވާނީ ޝަކުވާކުރާ އަނބިންގެ ކޮޅަށް! ފައިދާކުރާނީ އެއިރުން!

އަނބިންގެ ޝަކުވާ ގިނަވާނަމަ ގިނަ ފިރިން ފޫހިވެއެވެ. ނަމަވެސް ބުނަން ހެއްޔެވެ؟ ފޫހިވުމުގެ ކުރިން އަނބިމީހާ ޝަކުވާކުރާ މައްސަލައަށް ބަލާށެވެ! އެއީ ތިބާ އިޞްލާޙްކުރަންޖެހޭ ކަމެއް ނަމަ އަވަހަށް އިޞްލާޙްކުރާށެވެ! ފޫހިވާންވާނީ ބޭކާރު ގޮތުގައި ޝަކުވާކުރާނަމައެވެ. މިޘާލަކަށް ކޮށްދެވެން ނެތް ކަންކަން ކޮށްނުދީގެން ކަމަށްވާނަމައެވެ.  

ހެޔޮލަފާ އަނބިން ޝަކުވާކުރާނީ ބައިވެރިޔާ އިޞްލާޙްވުމަށް އެދޭތީއެވެ. އިޞްލާޙްކުރުވައިގެންވެސް ފިރިމީހާއާއިއެކުގައި އުޅެން ބޭނުންވާތީއެވެ. އެގޮތަށް ބޭނުންވާނީ ފިރިމީހާ ދެކެ ވަރަށް ބޮޑަށް ލޯބިވާތީއެވެ.  

ދެން އޮތީ ފިރިމީހާ ކޮންމެ ގޮތަކަށް އުޅުނަސް ކޮންމެ ކަމެއް ކުރިޔަސް އަނބިން އެއްވެސް ޝަކުވާއެއް ނުކުރުމެވެ. އެއިރުން ފިރިމީހާގެ ބޮލަށް ވަރަށް ފަސޭހަވާނެއެވެ. ނަމަވެސް އެކަމުން އަންގައިދެނީ ފިރިމީހާދެކެ އެއްވެސް ވަރަކަށް ލޯބިނުވާކަމެވެ. ތިމާގެ ބޭނުންތައް ފުދޭނަމަ ނިމުނީ ކަމެވެ. 

މިކަންކަމަކީ އެންމެންވެސް ޤަބޫލުކުރާ ކަންކަމެވެ. އެހެންވީމާ ދެން ނިކަން ބުނެބަލާށެވެ! ފިރިމީހާއަށް އުޅެވޭ ގޮތާއިމެދު ނުވަތަ ފިރިމީހާގެ ކިބައިން އަޅައިލުން ނުލިބޭތީ ޝަކުވާކުރާ އަނބިން ދެކެ ވާންވީ ފޫހިހެއްޔެވެ؟ ދިރިއުޅުމަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައި ހެއްޔެވެ؟  

ކޮންމެ ކަމެއްގައިވެސް ގޮތް ނިންމުމަކީ އެމީހެއްގެ ކަމެކެވެ. ވީމާ ނިންމަންވީ ގޮތް ކަނޑައަޅާނީ އެމީހެކެވެ. އަހުރެން މިބުނީ ޝަކުވާކުރާ އަނބިންނާއި ޝަކުވާ ނުކުރާ އަނބިންގެ ހުރި ތަފާތެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅުން

މިއަދު އޮންލައިން