މި 4 ކަންތައް ކުރުމުގަ ދެމިހުރެއްޖެނަމަ ކާމިޔާބު މީހަކަށް ވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
މި 4 ކަންތައް ކުރުމުގަ ދެމިހުރެއްޖެނަމަ ކާމިޔާބު މީހަކަށް ވެވޭނެ! އިން ޝާ ﷲ

ބައެއް މީހުންނަށް ވަރަށް ފަސޭހައިން ކަންކަން ކާމިޔާބު ކުރެވެއެވެ. އަނެއް ބައަކަށް ކާމިޔާބުކުރެވެނީ ތަންކޮޅެއް ބޮޑަށް މަސައްކަތްކުރުމުންނެވެ. އަނެއް ބައަކަށް ވަރަށް ބޮޑަށް މަސައްކަތްކުރުމުންނެވެ. ޔަޤީންކުރަންވީ މަސައްކަތުގައި ދެމިހުރިނަމަ ކާމިޔާބު މިންވަރުކުރައްވަވާނެ ކަމެވެ.

ކޮންމެ މީހަކުވެސް ދުނިޔޭގައި އުޅެން ބޭނުންވާނީ ކާމިޔާބު މީހެއްގެ ގޮތުގައެވެ. އުފާވެރިކަން ލިބިގެންނެވެ. މި 2 ކަންތައް ޙާޞިލުވާން ނުއެދޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އެހެނީ އެދެ ކަންތަކަކީ ކޮންމެ މީހެއްގެ ޠަބީޢަތުގައިވެސް ލައްވަވާފައިވާ ކަންކަމެވެ.

ކާމިޔާބު މީހެއްގެ ގޮތުގައި އުފަލުގައި ދުނޔޭގައި އުޅެން ބޭނުންނަމަ 4 ކަމެއް ކުރާށެވެ! އެއީ:

1 ތިބާއަށް އިޙްތިރާމްކޮށް ލޯތްބާއި އަޅައިލުންދޭ މީހުންގެ އަގު ވަޒަންކުރުން-

2 ދަތިހާލުގައިވާ މީހުންނަށް އެހީތެރިކަން ފޮރުކޮށްދިނުން-

3 ތިބާ ހިތުގަ ޖައްސައި އަނިޔާވެރިވާ މީހުންނަށް މާފުކުރުން-

4 އެންމެންނަށް އޯގާތެރި މީހަކަށްވުން-

މި 4 ސިފައަކީ ކޮންމެ މީހެއްގެ ކިބައިގައިވެސް ހުރުން ކޮންމެހެން ލާޒިމުކުރާ 4 ސިފައެވެ. ނަމަވެސް އެކަންކަމަށް ސަމާލުކަން ދެވެނީ ވަރަށް މަދުމީހަކަށެވެ!

ގިނަ މީހުންނަށް ކަންކަން ކުރެވޭ ގޮތާއިމެދު ވިސްނައިލަމާ ހިނގާށެވެ!

އެމީހާއަށް އިޙްތިރާމްކޮށް ލޯތްބާއި އަޅައިލުންދޭ މީހުންގެ އަގު ވަޒަންކުރުމުގެ ބަދަލުގައި ސަމާލުކަން ދެވެނީ ނެތިމޮށެ ދެބަ އުޑުވާ މީހުންނަށެވެ.

ދަތިހާލުގައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ކަމެއްކޮށްދެވޭތޯ ބަލަނީ ރަނގަޅު ބަދަލެއް ލިބޭނެ ކަމުގެ އުންމީދުގައި ފޯރުންތެރިޔާއަށެވެ! ދަތިޙާލުގައިވާ މީހާއަށް އެހީތެރިވުމުން ﷲ ލައްވަވާނެ ރަޙްމަތަށް ސަމާލުކަމެއް ނުދެއެވެ.

އެމީހެއްގެ ހިތުގަ ޖައްސައި އަނިޔާވެރިވާ މީހުންނަށް މާފުކުރުން ވެފައި އޮންނަނީ އެނެމެ ކުރަން އުނދަގޫ ކަންތަކަށެވެ. އެކަމުގެ ސަބަބުން އަބަދުވެސް ސިކުނޑިއަށް ބުރަކޮށް ބޮޑު ކަންބޮޑުވުމެއްގެތެރޭގައި ހުންނަންޖެހޭއިރުވެސްމެއެވެ.

އޯގާތެރި ވެވެނީވެސް އަނެކާގެ ކިބައިން ލިބިދާނެ ފައިދާއަށް ބަލައިގެންނެވެ!

މިފަދަ މީސްމީހުންނަށް ކާމިޔާބާއި އުފާވެރިކަން ލިބުން އޮންނާނީ ވަރަށް ދުރުގައެވެ. ނަމަވެސް ފުރަތަމަ ބުނި 4 ސިފަ އެމީހެއްގެ ކިބައިގައި ހަރުލައްވައިގެން ތިބޭ މީހުން އަބަދުވެސް ތިބޭނީ ހިތްހަމަޖެހިގެން އުފަލުގައެވެ. އިން ޝާ ﷲ

--އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން