ޢިއްޒަތެއް ލިބޭއިރަށް ނިކަމެތިންނާއިއެކު ކައިބޮއިހަދަން ލަދުގަންނަ މީހުން ޝައިޚް ބިންބާޒްގެ އަރިހުން ލިބިގަންނަންޖެހޭ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ޢިއްޒަތެއް ލިބޭއިރަށް ނިކަމެތިންނާއިއެކު ކައިބޮއިހަދަން ލަދުގަންނަ މީހުން ޝައިޚް ބިންބާޒްގެ އަރިހުން ލިބިގަންނަންޖެހޭ ފިލާވަޅެއް!

އަހުރެން ދަރިވަރަކަށްހުރެ ޝައިޚް ބިންބާޒް ރަޙިމަހުﷲ ގެ ގެކޮޅަށް އެއްރޭ ދިއައިމެވެ. އަހުރެންނަށް ރޭގަނޑުގެ ކެއުމަށް ދަޢުވަތު ދެއްވިއެވެ. ނަމަވެސް ގަތް ބިރުން ޢުޛުރެއް ދާކާފައި ބައިވެރިއެއް ނުވަމެވެ. 

އެއިގެފަހުން އެއްދުވަހު މެންދުރުގެ ކެއުމަކަށް ދަޢުވަތު ދެއްވުމުން ބައިވެރިވީމެވެ. ޖަމާޢަތުގައި 10 ވަރަކަށް މީހުން ތިއްބެވެ. ސަޢުދީ ޝާހީ ޚާންދާނުގެ 2 ބޭފުޅުން ތިއްބެވިއެވެ. އެފްރިކާގެ ޤައުމެއްގެ ވަޒީރަކުވެސް އިންނެވިއެވެ. އެންމެ ކުޑައީ އަހުރެންނެވެ. އަހުރެންނާއި ޖެހިގެން އިނީ ވަޒީފާއެއްގެ ގޮތުން ތަންތަން ސާފުކުރާ މީހެކެވެ. 

އެދުވަހުގެ ހަނދާން އައުވުމުން ހިތަށް އަރައެވެ. އެއް ތަށްޓަކަށް އަތް ބާނައިގެން ކެއީ ކިހައި ތަފާތު ބައެއް ހެއްޔެވެ؟ އަދި ޝައިޚް އެޢަމަލުކުރެއްވީ ކޮންފަދަ މަތިވެރި ސުންނަތަކަށް ހެއްޔެވެ؟ ޝައިޚަކީ އެއިރުވެސް ސަޢުދިޢަރަބިޔާގެ އެންމެ އިސް މުފްތީއެވެ. ވީމާ އެއީ ކޮންފަަދ މަތިވެރި މަޤާމެއް ހެއްޔެވެ؟ 

މިކަންކަމަސް ވިސްނައިލުމުން އަހުރެމެންނަށް ޢަމަލު މިކުރެވޭ ގޮތާއިމެދު ލަދުގަނެއެވެ. ކިރިޔާވެސް ޢިއްޒަތެއް ލިބިއްޖެނަމަ ދަށުދަރަޖައިގެ މީހުންނާއިއެކު ކައިބޮއިހަދަންވެސް ލަދުގަންނާތީއެވެ.

 

- ޝައިޚް ވަލީދު ބަސީއައުނި

މިއަދު އޮންލައިން