ދަރަނި ނެގުމުގެ ބޮޑުކަމާ ދަރަނި ފަސްކޮށްދިނުމާއި މަޢާފްކޮށްދިނުމުގެ މަތިވެރިކަން- އަދި ދަރަނިން ސަލާމަތްވާނެ މަގެއް ދައްކަވައިދެއްވެވުން އެދި ކުރަން އޮތް ދުޢާ- ޙަދީޘުން

ކިޔުމަށް ހޭދަވާނީ 3މ 7ސ
ދަރަނި ނެގުމުގެ ބޮޑުކަމާ ދަރަނި ފަސްކޮށްދިނުމާއި މަޢާފްކޮށްދިނުމުގެ މަތިވެރިކަން- އަދި ދަރަނިން ސަލާމަތްވާނެ މަގެއް ދައްކަވައިދެއްވެވުން އެދި ކުރަން އޮތް ދުޢާ- ޙަދީޘުން

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. 

"مَنْ أَنْظَرَ مُعْسِرًا أَوْ وَضَعَ عَنْهُ أَظَلَّهُ اللهُ فِيْ ظِلِّهِرواه مسلم  ‘

"ނިކަމެއްޗަކު ނަގާފައިވާ ދަރަންޏެއް ފަސްކޮށްދީ ނުވަތަ އެދަރަނި މަޢާފުކޮށްދީފި މީހަކު (ޤިޔާމަތްދުވަހުން) ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ ހިޔާވަހިކަމުން އެމީހަކަށް ހިޔާވަހިކަން ދެއްވާނެތެވެ." 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް އުނގަންނައިދެއްވި ދުޢާއެއްގައިވެއެވެ. 

.اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحُزْنِ وَالْعَجْزِ وَالْكَسَلِ وَالْبُخْلِ وَالْجُبْنِ وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ

މިދުޢާއަކީ ދަރަނި އަދާކުރެއްވެވޭނެ އެއްވެސް މަގެއް ފެނިވަޑައި ނުގަތުމުން ކަންބޮޑުވެވަޑައިގެން އެކަމުގެ ހިތާމައި އިންނެވި ޞަޙާބީ ބޭކަލެއް ކަމުގައިވާ އަބޫ އުމާމާ އަށް ރަސޫލް () އުނގަންނަވައި ދެއްވެވި ދުޢާއެވެ. ޙަދީޘްފުޅުގައި ވަނީ ހެނދުނާއި ހަވީރު ދުޢާކުރެއްވުންމަތީގައި ހުންނެވުމަށެވެ.  

اللَّهُمَّ اكْفِنِي بِحَلاَلِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ 

މިޒަމާނުގައި މީހުން ދަރަނި ނަގަނީ ވަރަށް ލުއި ގޮތެއްގައެވެ. މާނައަކީ އެކަމުގެ ހުރި ބޮޑުކަމަށް ވިސްނައިނުލައެވެ. ނަމަވެސް ދަރަނި އަދާނުކުރެވިއްޖެނަމަ ޤިޔާމަތް ދުވަހުން އެ ދަރަނީގެ ޙައްޤުވެރިޔާއަށް ތިމާކޮށްފައިވާ ހެޔޮ ޢަމަލުތަކުން ބަދަލުދޭންޖެހޭނެއެވެ. 

އެހެންކަމުން ދަރަނި ނެގުމުން ދުރުހެލިވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި މީހުންނަށްވެސް ދަރަނި ނުނެގުމަށް ނަސޭޙަތްތެރިވާންޖެހެއެވެ. އެހެން މީހުންނާއި އެއް ފެންވަރަށް ދިރިއުޅުން ގެންދިއުމަށްޓަކައި ދަރަނިވެރިނުވުމަށެވެ. ދަރަނި ނުދައްކާ ހުރުމަކީ ދޭދޭ އަފުރާދުންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނު ނެތިދާ ކަމެކެވެ. 

މީގެ އިތުރުން ޞަޙާބީއަކު އަވަހާރަވިއިރު އެންމެ 2 ދީނާރަށް ދަރައި އޮތުމުގެ ސަބަބުން އޭނާގެ ކަށުނަމާދުކޮށްވަވަން ރަސޫލް ޞައްލަﷲ ޢަލައިވަސައްލަމަ އިޢްތިރާޟްކުރެއްވެވިއެވެ. ކޮށްދެއްވެވީ އަބޫ ޤުތަދާ އޭނާގެ ދަރަނިދެއްކެވުމަށް ޖާމިންވެވަޑައިގަތުމުންނެވެ. އަދި ވިދިވިދިގެން 2 ދުވަހު އެދަރަނި ދައްކަވައިފިންތޯ ރަސޫލް ސުވާލުކުރެއްވެވިއެވެ. ދެވަނަ ދުވަހު ދައްކަވައިފިންކަމަސް ދެންނެވުމުން ޙަދީޘްފުޅު ކުރެއްވެވިއެވެ. "މިހާރު އޭނާގެ ހަމަށް ފިނިކަން ލިބިއްޖެއެވެ.

މިއަދު އޮންލައިން