ދޮގުހެކި ދިނުމަށާ ހެދުމަށް ބިރުވެތިވޭ! ފާފައިގެ ބޮޑުކަން ޙަދީޘްފުޅުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ދޮގުހެކި ދިނުމަށާ ހެދުމަށް ބިރުވެތިވޭ! ފާފައިގެ ބޮޑުކަން ޙަދީޘްފުޅުން!

ދޮގުހެދުމަށް ބިރުކެނޑިއްޖެއެވެ. ދޮގުހެދުމަކީ މުނާފިޤުންގެ ސިފައެއް ނަމަވެސް އެކަމަށްވެސް ވިސްނައިލަނީ ހާދަމަދު މީހެކެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ތިމާ އެމީހަކު ދެކެ ލޯބިވާ މީހަކުނަމަ ނުވަތަ ގާތް މީހަކު ނަމަ އެމީހަކުކުރާ ނުރަނގަޅު ކަންކަން އެއީ ރަނގަޅު ކަންކަން ކަމަށް ދައްކަން އުޅޭ މީހުން ގިނަވެ، އަދި އެމީހުންނަކީ ކުށެއް ނެތް މަޢްޞޫމް ބައެއްކަން އަންގަންވެގެން އެމީހުން ކުރާ ނުރަނގަޅު ކަންކަން އެމީހުން ނުކުރާކަމަށް ބުނެ ދޮގުހެކި ދިނުންވެސް ޢާންމުވެއްޖެއެވެ.  

ހަމަ އެއާއިއެކު މީހަކު ކުރަނިކޮށް ފެންނަ ނުވަތަ ކުރިކަން އެނގޭ ކަންކަން ތިމާއަށް ނުފެންނަ ކަމަށްބުނެ ޝަރީޢަތްތަކުގައިވެސް އެބަ ދޮގުހެކި ދެއެވެ. އެހިސާބުން ސަލާމަތްވެވޭނެ ކަމަށް ބަލައެވެ. ނަމަވެސް އެއީ އެހާފަސޭހައިން ސަލާމަތްވެވެން އޮތް ކަމެއް ނޫނެވެ.  

ޙަދީޘްފުޅު:  

"އެންމެ ބޮޑެތި ފާފައަކީ ކޮބައިކަން ބުނެދެއްވަންހެއްޔެވެ؟" ތިމަންމެން ދެންނެވީމެވެ. "އާދޭހެވެ. ﷲގެ ރަސޫލާއެވެ. ޙަދީޘް ކުރެއްވި: " ﷲ އަށް ޝިރްކު ކުރުން، މައިންބަފައިންނަށް އުރެދުން، އެކަލޭގެފާނު އެއް އަރިއަކަށް އޮންނެވުމަށްފަހު އިށީނދެ ވަޑައިގަތެވެ. އަދި ޙަދީޘް ކުރެއްވިއެވެ.

ދޮގު ބަސް ބުނުމާއި ދޮގު ހެކި ދިނުމެވެ."  އެޖުމްލަ ތަކްރާރު ކުރެއްވިއެވެ. އަބޫބަކްރާ ނަފީޢު ބިން އަލްޙާރިޘް ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ހިތަށްއެރިއެވެ."އެކަލޭގެފާނު ހުއްޓައެއް ނުލައްވާނެއެވެ."

- ޙަދީޘްގެ މާނަ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

އެންމެ ބޮޑެތި ފާތަކުގެ ގޮތުގައި މިޙަދީޘްފުބަޔާންކުރައްވަވާފައި އެވަނީ (1) ﷲ އަށް ޝިރްކު ކުރުން. (2) މައިންބަފައިންނަށް އުރެދުން، (3) ދޮގު ބަސް ބުނުން (4) ދޮގު ހެކި ދިނުން 

ފާހަގަކޮށްލަންވީ ކަމަކީ އެންމެ ބޮޑެތި ފާފަތައް ކަމުގައިވާ ﷲ އަށް ޝިރްކު ކުރުން، މައިންބަފައިންނަށް އުރެދުން ޙަދީޘްފުޅު ކުރެއްވެވުމަށްފަހު "ދޮގު ބަސް ބުނުމާއި ދޮގު ހެކި ދިނުން"  އެޖުމްލަ ތަކްރާރު ކުރެއްވިކަމެވެ. "ތިމަންކަލޭގެފާނުގެ ހިތަށްއެރިއެވެ."އެކަލޭގެފާނު ހުއްޓައެއް ނުލައްވާނެއެވެ." އޮތްކަމެވެ.  

ހިތާމައަކީ ދޮގު ބުނުމާއި ދޮގުހެކިދޭން ޖެހިލުންވާ މީހުން މަދުވަމުން އަންނަކަމެވެ. އެއްވެސް ބިރެއްނެތި އެކަންކަން ކުރަމުން ގެންދާ ކަމެވެ.  

ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހުނަސް، ކުށެއް ކުރެވުނަސް ފޮރުވަން ދޮގު ނުބުނާށެވެ. ލިބިދާނެ ގެއްލުމަކަށް ބިރުން އިޢްތިރާފްވާން ބޭނުން ނުވާނަމަވެސް ދޮގު ނުބުނާށެވެ! ދެން އެފަދަ ކަމެއް ނުކުރާނެ ކަމަށް ބުނެ ޞުލްޙަވާށެވެ. ރިވެތި ގޮތުގައި ތެދުވެރިކަމާއިއެކު މުޢާމަލާތުކުރާށެވެ! އެއިރުން ކުރާ ފައިދާ މާބޮޑުވާނެއެވެ! އިން ޝާ ﷲ  

މިއަދު އޮންލައިން