ކައިވެނީގެ ކުރިން ދިން ސަމާލުކަން ކައިވެންޏަށްފަހު ނުދޭނަމަ އެއީ ލޯބިވާކަމަށްބުނެ މަކަރުހެދި މީހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކައިވެނީގެ ކުރިން ދިން ސަމާލުކަން ކައިވެންޏަށްފަހު ނުދޭނަމަ އެއީ ލޯބިވާކަމަށްބުނެ މަކަރުހެދި މީހެއް!

އަންހެނަކު ޙާޞިލުކުރަން މަސައްކަތްކުރާ ދުވަސްވަރު އުޑުގައި ހުރި ތަރިތައް ބާލައިދޭނެ ކަމަށް އެބުނާ ބަހުގެ މާނައަކީ އުޑުގައި ހުރި ތަރިތަކުގައި ވާޖަހައިގެން ދަމާ ތިރިކުރާ ވާހަކައެއް ނޫނެވެ. އަންހެން މީހާ ބުނާ ކޮންމެ ކަމެއް ކޮށްދޭންވެސް މަސައްކަތްކުރާނެ ވާހަކައެވެ.  

އެދުވަސްވަރު އަންހެން މީހާ ގުޅާލައިފިނަމަ ބިޒީއެއްވެސް ނުވާނެއެވެ. އަންހެން މީހާ ހިތްފުރެންދެން ވާހަކަދައްކާނެއެވެ. އަދި ދެމީހުން ބައްދަލުވެއްޖެނަމަ ކިތަންމެ ގިނައިރެއްވިޔަސް ވަކިވާކަށްވެސް ބޭނުމެއްވެސް ނުވާނެއެވެ.  

މިއިން އެއްވެސް ކަމަކާ ދެކޮޅުހަދާކަށް ބޭނުމެއް ނޫނެވެ. އަދި ކުށްވެރިކުޜާކަށްވެސް ނެތީމެވެ. ނަމަވެސް އަހުރެންގެ ސުވާލެއް އެބައޮތެވެ. އެވަރުން އުޅުނު އަންހެން މީހާ އާއި ކައިވެނިކުރެވޭ އިރަށް ކަންކަން ބަދަލުވަނީ ކީއްވެގެން ހެއްޔެވެ؟ އަނބިމީހާ ފޯނުކޮށްލިޔަސް ވާހަދދައްކައިނުލެވެނީ ކީއްވެގެން ހެއްޔެވެ؟ ދެމީހުން އެކުގައި ހޭދަކުރަން ލިބޭ ވަޤުތުތަކުގައި އަނބިމީހާ އެކަނިކޮށްފައި ގޮސް ބޭރުގައި އުޅެނީ ކީއްވެގެން ހެއްޔެވެ؟ ވަކިއަތަކަށް ނުޖެހި އަހުރެންގެ މިސުވާލުތަކަށް ޖަވާބުދީބަލާށެވެ!  

މިވާހަކަ މިދައްކަނީ ވަކިމީހަކު ރަނގަޅުކޮށްފައި ވަކިމީހަކު ކުށްވެރިކުރާކަށް ނޫނެވެ. ދެމަފިރިންގެ މެދުގައި ޖެހެމުންދާ މައްސަލަތައް ޙައްލުކުރެވެން އޮތީ މިކަންކަމަށް ވިސްނައިގެން ކަމަށްވާތީއެވެ.  

ރަނގަޅަށް އަޑުއަހާށެވެ! ކައިވެނިކުރުމަށްފަހު ކައިވެނީގެ ކުރިން ސަމާލުކަންދިންވަރަށް ސަމާލުކަން ނުދެވޭނަމަ އެމީހަކު ވާނީ މަކަރުވެރިއަކަށެވެ. ކުރިން ސަމާލުކަން އެދިނީ ލޯބިވާތީ ކަމަކަށް ނުބުނެވޭނެއެވެ. އެއީ ޙަޤީޤީ ލޯބިވެގެން ދިން ސަމާލުކަންނަމަ ކައިވެނިކުރެވުމުން އަނބިމީހާއަށްދޭ ސަމާލުކަން ކުރާނީ އިތުރެވެ.  

ހަމައެކަނި މިމައްސަލަ ޙައްލުކުރެވުނަސް ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް މަދުވެ ކައިވެނި ރޫޅޭ ނިޞްބަތް ބޮޑުތަނުން މަދުވެެގންދާނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅުން

މިއަދު އޮންލައިން