ކިތަންމެ ރަނގަޅަށް މީހަކު އުޅުމަކީވެސް ދަތި އުނދަގޫތަކާ ކުރިމަތިލާން ނުޖެހޭނެ ސަބަބެއް ނޫން! ރަނގަޅުކަން އިތުރުކޮށްލީމާ ލައްވަވާ ރަހްމަތް މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކިތަންމެ ރަނގަޅަށް މީހަކު އުޅުމަކީވެސް ދަތި އުނދަގޫތަކާ ކުރިމަތިލާން ނުޖެހޭނެ ސަބަބެއް ނޫން! ރަނގަޅުކަން އިތުރުކޮށްލީމާ ލައްވަވާ ރަހްމަތް މާބޮޑުވާނެ! އިން ޝާ ﷲ

ފުރަތަމަ ކަމަކަސްވެސް ވިސްނައިލާށެވެ! ދުނިޔޭގައި އެންމެ ދަތިޙާލުގައި އުޅުއްވަވަން ޖެހިވަޑައިގެންނެވީ ނަބީބޭކަލުންނަށާއި ރަސޫލް ބޭކަލުންނަށެވެ! އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވުރެ ގިނަ މުޞީބާތްތައް ކުރިމަތިވި ހަމައެކަކުވެސް ނުހުންނާނެއެވެ. 

ޔަޤީންކުރަންޖެހޭ ކަމަކީ ހެޔޮ ޢަމަލުތައް އެންމެ ގިނައިން ކުރެއްވެވީވެސް އިތުރު ޞާޙިބާކަމެވެ. ރިވެތި އަކްލާޤްގެ މަތީގައި ދިރިއުޅުއްވެވުމުގައި އިތުރު ޞާޙިބާއަށްވުރެ ފުރިހަމަ ނަމޫނާއެއް ދުނިޔެއިން ފެނިފައިނުވާކަން ކާފިރުންވެސް ޤަބޫލުކުރެއެވެ. 

ވީމާ ޔަޤީންކުރަންޖެހޭ ކަމަކީ ރަނގަޅަށް އުޅުމަކީ ދަތިތައް ކުރިމަތިނުވާނެ ސަބަބެއް ނޫންކަމެވެ. އަދި ނުބައިކޮށް އުޅުމަކީ ތަނަވަސްކަން ލިބި އުފާވެރިކަން ނުލިބޭނެ ސަބަބެއްވެސް ނޫން ކަމެވެ. ކަމުގެ ތަފްޞީލް ތިރީގައިވާ ސުވާލާއި ޖަވާބުން ސާފުވެލައްވާނެއެވެ. އިން ޝާ ﷲ

ސުވާލު:. ނަމާދު ނުކުރާ މީހެއްގެ ރިޒްގުގައި ބަރަކާތް ނުލައްވާ ކަމަށްވޭ. އެހެންނަމަވެސް އެފަދަ މީހަކު އެކަން ޤަބޫލެއް ނުކުރޭ. ބުނަނީ ނަމާދު ނުކުރިޔަސް ކުރިޔަސް ލިބޭ ލާރި ހުސްވެޔޯ. އެހެންވީމަ މިފަދަ މީހަކަށް އެކަން ވިސްނައިދޭނީ ކިހިނެތްތޯ؟ 

ޖަވާބު:. ﷲ ތަޢާލާ މީސްތަކުން އިމްތިހާނުކުރެއްވުމުގެ ގޮތުން ރަނގަޅަށް އުޅޭ މީހުންނަށް ދިރިއުޅުން ދަތިކުރައްވަވައި ނުބައިކޮށް އޅޭ މީހުންނަށް ދިރިއުޅުން ފަސޭހަވެސް ކުރައްވަވައެވެ. ނަމަވެސް އެއީ އިމްތިހާނެވެ. ވަގުތީ ކަމެކެވެ. އެކަމުގެ ނިމުން އަންނާނެއެވެ. ނަމަވެސް ކެތްތެރި ކަމާއެކު ދުޢާކުރަން ޖެހޭނެއެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން